ސީ ޕްލޭން ޓާމިނަލް-- ފޮޓޯ: ޓީއެމްއޭ
ހަބަރު
25 May 2024 | 16:36
ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަން ނިންމާފައިވާކަމަށް އިގްތިޞާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

އިގްތިޞާދާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ،  މިހާރުގެ ސީޕްލޭން ޓާމިނަލް ޖެޓް ޓާމިނަލަކަށް ބަދަލުކޮށް، ސީޕްލޭން އޮޕަރޭޝަން އާއި ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"މިހާރު ހިންގާ ޓާމިނަލް ބަދަލުވާނީ ޖެޓް ޓާމިނަލަކަށް، އެ ތަނުގެ މޫދު ހިއްކާފައި، އެ ތަނުގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލް، އެހެންވީމާ ސީޕްލޭން ޓާމިނަލް ބަދަލުކުރާނީ ފުލްމޫން ރިސޯޓަށް، މި ކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުންދަނީ،" 

ވަޒީރު ސައީދު ވިދާޅުވިއެވެ.

މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލްގެ ކެޕޭސިޓީ ހުރީ ގާތްގަނޑަކަށް ފުލްވެފައިކަން ފާހަގަކުރައްވާ ވަޒީރު ސައީދު ވިދާޅުވީ މިފަދައިން ނިންމެވީ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، މުޅި އޮޕަރޭޝަން ހަލުވި ކުރަން ކަމަށާއި، މިހާރު ސީޕްލޭން ޖައްސާ ސަރަހައްދު ހިއްކައިގެން، އެ ސަރަހައްދުގައި ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށް ނިންމާވާފައިވާކަމަށެވެ.

މީގެ އިތުރުންވެސް ވަޒީރު ސައީދު ވިދާޅުވީ،  އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަކީ ނިމޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ތަރައްގީ ވަމުން އަންނަ ވަރަކަށް އެއާޕޯޓް ވެސް ދާނީ ތަރައްގީ ވަމުން ކަމަށާއި، އެއީ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައި ވެސް ކަންތައް ކުރަމުންދާ ގޮތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.