އެމްއެންޑީއެފުން އެހީ ޖަމިއްޔާގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އެރުވުން - ފޮޓޯ: އެހީ ޖަމިއްޔާ
ހަބަރު
25 May 2024 | 18:54
އެމް.އެންޑީ.އެފް-އެފްއާރުއެސް އިން އެހީ ޖަމިއްޔާގެ އަގުވަޒަންކޮށްފި

އެމްއެންޑީއެފް އިން އެހީ ޖަމިއްޔާގެ އަގުވަޒަން ކޮށްފިއެވެ.

މިއަދު އެހީ ޖަމިއްޔާއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމްއެންޑީއެފް-އެފްއާރުއެސްގެ 34 ވަނަ އަހަރީ ޖަލްސާގައި، ވޭތުވެ ދިޔަ ތިން އަހަރު އެހީ ޖަމިއްޔާއިން ފޯރުކޮށްދީފައިވާ އެހީ ފާހަގަކުރައްވާ އަގު ވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލާ އަރުވާފައިވާ ކަމަށެވެ. މި ޖަލްސާގައި އެހީ ޖަމިއްޔާގެ ފަރާތުން ބައިވެރިވެލެއްވީ ޖަމިއްޔާގެ ނައިބު ރައީސް ޙަސަން ޙަބީބެވެ.

އެހީ ޖަމިއްޔާއިން ބުނީ، މި އަގުވަޒަން ކުރުމަކީ އެ ޖަމިއްޔާއަށް، އެހީ ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ލިބޭ އިތުރު ހިއްވަރެއްކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގެ ޚިދުމަތް ކުރައްވާ އެމް.އެން.ޑީ.އެފް – އެފް.އާރް.އެސްގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވީތީ އެމް.އެން.ޑީ.އެފް – އެފް.އާރް.އެސްގެ އިސްބޭފުޅުންނަށް އެހީ ޖަމިއްޔާއިން ވަނީ ޝުކުރުދަންނަވާފައެވެ.

އެހީ ޖަމިއްޔާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ނޮން-ޕްރޮފިޓް، ނޮން ގަވަރމަންޓަލް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާއެވެ. 2012 ވަނަ އަހަރު އުފެއްދި މި ޖަމިއްޔާއިން ދަނީ ދިވެހިރާއްޖޭގައި އެކި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްކަތެއް ކުރަމުންނެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި ޢާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް އެހީ ޖަމިއްޔާއާއި ޖަމިއްޔާގެ ހިތްވަރުގަދަ ޓީމް އަބަދުވެސް އެހީތެރިކަން ދޭން ތައްޔާރަށް ތިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ