ވިހިވަނަ މަޖިލީހަށް އިންތިޚާބުވި މެންބަރުންނަށް ބޭއްވި އިންޑަކްޝަން ޕްރޮގްރާމް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
26 May 2024 | 19:53
ވިހިވަނަ މަޖިލީހުގެ މެންބަރުން އަހުލުވެރިކުރުވުމަށް ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން، އިދާރާއަށް އަހުލުވެރިކުރުވުމަށް، ޚާއްސަ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މަޖިލިސް އިދާރާއިން މިއަދު މީސްމީޑިޔާގައި ހިއްސާކޮށްފައިވާގޮތުގައި، ވިހިވަނަ މަޖިލީހަށް އިންތިޚާބުވި 93 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ވަނީ މި ސެޝަނުގައި ބައިވެރިވެވަޑައިގެންފައެވެ.

ވިހިވަނަ މަޖިލީހުގައި ތިއްބަވާ މެންބަރުން، އަހުލުވެރިކުރުމަށް އެހީވުމަށް މި ސެޝަނުގައި، ނިމިދިޔަ ދަޢުރުގެ ބައެއް މެންބަރުންނާއި، މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

19 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން މިއަދު ބޭއްވި ސެޝަނުގައި ބައިވެރިވެލެއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ އައު ދަޢުރަށް ހޮވުނު މެންބަރުންނާ މުޚާތަބުކޮށް ވާހަކަދަ ދައްކަވާފައެވެ.

މިދިޔަ އެޕްރީލް މަހު ވިހިވަނަ މަޖިލީހަށް އިންތިޚާބުވި މެންބަރުން ހުވާ ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

ނިމިދިޔަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ސުޕަރމެޖޯރިޓީއެއް ހޯއްދަވާފައިވަނީ، ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ އިންނެވެ. އެގޮތުން އިންތިޚާބުގައި، ޕީއެންސީއިން ޖުމުލަ 66 ގޮނޑި ކާމިޔާބުކުރި އިރު، އިންތިޚާބަށް ފަހު އަމިއްލަ ގޮތުން ވާދަކުރި އަށް މެންބަރަކު ޕީއެންސީއާ ގުޅި، އެ ޕާޓީއަށް ލިބުނު ގޮނޑީގެ އަދަދު 75 އަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.