މީހަކު ހައްޔަރުކޮށްގެން ގެންދަނީ - ފޮޓޯ : ދިވެހި ފުލުހުންގެ ޚިދުމަތް
ހަބަރު
26 May 2024 | 22:01
އަނެއްކާވެސް ރަހީނުކޮށް ފޭރުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

އަނެއްކާވެސް މާލޭގައި މީހަކު ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އަނިޔާކޮށް، އޭނާގެ އަތުން ފޭރުނު މައްސަލައިގައި މިއަދު ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދުއަށް ނިސްބަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެއެވެ.

މި ދެމީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކުރެއްވި ގޮތުގައި، މައްސަލައިގައި ހައްޔަރުކުރެވުނު އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، ރަހީނު ކޮށްފައިހުރި މީހާ، ބަންދުކޮށްފައި ހުރި ގެއިންނެވެ. އަދި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އެގޭ ކައިރިންނެވެ. 

އެގޭ ތެރޭގައި، ރަހީނުކުރި މީހާ ހުރި ތަނުގައި ދަނޑިބުރިތަކަކާއި، ލަކުޑި ބުރިތަކެއް ހުރި ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

މިއަދު މި މައްސަލަ ފެންމަތިވިއިރު މިދިޔަ ހުކުރު ދުވަހުވެސް ރަހީނު ކުރުމުގެ މައްސަލައެއް ފެންމަތިވިކަން ފާހަގަ ކޮށްލެވެއެވެ. ހުކުރު ދުވަހު ރަހީނުކޮށްފައި ހުއްޓާ ސަލާމަތް ކޮށްފައިވަނީ ނޭޕާލު މީހެކެވެ. އޭނާ ރަހީނުކުރީ، ފައިސާގެ މައްސަލައެއްގައި ބަންގްލަދޭޝް ދެމީހުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.