ދަނޑުވެރިއެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް
ހަބަރު
27 May 2024 | 16:03
ސަރުކާރުން މިހާތަނަށް ދަނޑުވެރިންނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

ފާއިތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ދަނޑުވެރިންނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 13 މިލިޔަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދީފައިވާއިރު، އޭގެ ތެރޭގައި އަމިއްލަ ފަރުދުންނަށް ދިން ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް ދިން އަށް މިލިއަން ރުފިޔާގެ ލޯނު ހިމެނޭ ކަމަށެވެ.

މިއީ އެސްޑީއެފާ ގުޅިގެން "ދަނޑުވެރި ނަފާ"ގެ ނަމުގައި ކުރިޔަށް ގެންދާ ލޯނު ސްކީމަކަށްވާއިރު، ވިޝާމާ ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގައި 7،600 ދަނޑުވެރިން ތިބި ކަމަށާއި އޭގެތެރެއިން 55 އިންސައްތައަކީ އަންހެނުންކަމަށެވެ.

ދަނޑުވެރިކަން ކުރަން ސަރުކާރުން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި ވިޝާމާ ވިދާޅުވީ، ހައިޑްރޯޕޯނިކްސް ފާމިން ފެށުމަށްޓަކައި އދ.އޮމަދު އާއި ފ. ދަރަނބޫދޫ ގައި އެކަމުގެ މަސައްކަތްތައް ފެށިގެން ކުރިޔަށްދާ ކަމަށެވެ.

"މިއިން ކޮންމެ ރަށެއްގެ 10 ދަނޑުވެރިންގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ހޮޅި ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ވަރުގެ ޓްރަފް ސިސްޓަމެއް ފޯރުކޮށްދެވޭނެ. މިހާރު ކުރިއަށްދަނީ މި ރަށްތަކުގައި ސިސްޓަމުތައް ގާއިމްކުރުމަށް ތަކެތި ޕްރޮކިއުމެންޓް ކުރުމުގެ މަސައްކަތްތަކެއް،"

ވިޝާމާ ވިދާޅުވިއެވެ.

ވިޝާމާ އިތުރަށް ވިދާޅުވީ، އެ ދެރަށުގައި ހިންގާ ޕްރޮޖެކްޓު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާ ކުރާކަމަށާއި، އެ ސިސްޓަމުން އެވްރެޖުކޮށް 12 ކިލޯގެ ފަތާއި، ކިއުކަމްބާ ސިސްޓަމުތަކުން 65 ކިލޯ އުފެއްދޭނެކަމަށެވެ. އަދި އިންދާ ދުވަހުން ފެށިގެން 40 ދުވަހުގެ ތެރޭގައި މާކެޓާއި ހަމަޔަށް ކިޔުކަމްބާ ނެރެވޭނެ އަދި ފަތްޕިލާވެލި ވެސް 20 ދުވަސްތެރޭގައި މާކެޓާ ހަމަޔަށް ނެރެވޭނެ ކަމަށް ވެސް ވިޝާމާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.