އަމީނިއްޔާ ސްކޫލް-- ފޮޓޯ: ވޮއިސް
ހަބަރު
27 May 2024 | 15:18
ސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހަފްތާގައި ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަފީއު ވިދާޅުވީ، މޫސުމީ ބަދަލުތަކާއެކު ހޫނުމިން އިހުސާސްކުރެވޭ މިންވަރު މަތިވެފައިވާއިރު، ކްލާސްރޫމެއްގައި 30 ކުދިން ތިބޭ ކަމަށާއި އެހެންކަމުން އެހޫނުމިން އިހުސާސްކުރެވޭ މިންވަރު އިތުރުވާނެކަމަށެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން ގިނަގައުމުތަކެއްގެ ސްކޫލްތައް ވެސް ހޫނުވެ، ދަރިވަރުން ސްކޫލަށް އަންނަން ބޭނުންނުވާކަން ފާހަގަކުރައްވާ ވަޒީރު ޝަފީއު ވިދާޅުވީ، އެއީ ކުދިންގެ ކިޔެވުމަށް އަސަރުކުރާ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއަށް ޚަރަދު ހިނގާނެ ނަމަވެސް ބޭނުމަކީ ކުދިންނަށް ކިޔަވައިދިނުމަށް ހިތް ފަސޭހަ މާހައުލެއް ޤާއިމް ކުރުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަފީއު ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރައީސް ޑރ.މުޢިއްޒު އިރުޝާދުދެއްވާފައި ވަނީ އޭސީ ކުރުމުގައި އެންމެ މަދުވެގެން 30 އިންސައްތަ ކަރަންޓަކީ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ގޮތުގައި ބައްޓަންކުރެވިގެން، އެފަދަ ގޮތަކަށް ވިސްނައިގެން މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"މިއީ ރާއްޖެއަށް އެކަނި ދިމާވެފަވާ ކްރައިސިސްއެއް ނޫން. ވަރަށް ގިނަ ގައުމުތަކުން ފާހަގަކުރި ސްކޫލުތަކުގަ ހޫނުގަދަވުމުގެ ސަބަބުން ކުދިން ސްކޫލަށް ނުދިއުމުގެ ސަބަބުން އަންނަ ލާނިން ލޮސް. އޭސީ ކުރުމުގައި އެންމެ މަދުވެގެން 30 އިންސައްތަ ކަރަންޓަކީ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ގޮތުގައި ބައްޓަންކުރެވިގެން، އެފަދަ ގޮތަކަށް ވިސްނައިގެން މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރައީސް އިރުޝާދުދެއްވާފައިވަނީ. އަޅުގަނޑުމެން އޭސީ ކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް މިހަފްތާ ތެރޭގައި އިފްތިތާހުކުރާނަން"

ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާލެވޭނެކަމަށް މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އަހުމަދު
އެއްމެ ފުރަތަމަ މާލޭގެ ސުކޫލުތަކުގެ ތެރެއިން ޖޭއެސް އަށް އިސްކަންދިނުން ރަންގަޅު ހާދަހޫނޭ އެސުކޫލް ކިލާސް ރޫމް ތައް
27 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.