ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުގައި އެހީތެރިން ހަރަކާތްތެރިވަނީ-- ފޮޓޯ: އޭޕީ
ހަބަރު
27 May 2024 | 17:06
ޕަޕުއާ ނިއު ގިނީގެ ބިންގަޑު ކަނޑައިގެން ދިޔަ ހާދިސާއާއި ގުޅިގެން ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

ޕަޕުއާ ނިއު ގިނީގެ އުތުރުގައި އޮންނަ އެންގާ ޕްރޮވިންސްގެ ކައޯކަލަމް އަވަށުގެ ބިންގަޑު ކަނޑައިގެން ގޮސް އެތައް ބަޔަކު މަރުވެ ދިޔަ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމުގެ ބޮޑުވަޒީރު ޖޭމްސް މަރަޕޭ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒުގެ މި ތައުޒިޔާގެ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ މި ހާދިސާގައި އެތައް ބަޔަކު މަރުވި ވާހަކަ އަޑުއެއްސެވީ ފުން ހިތާމަ އާއި އެކުގައި ކަމަށާއި، މި ހާދިސާގައި އެތައް ބަޔަކު މަރުވެ، މުދަލާއި ގެދޮރު ގެއްލިގެން ދިޔުމަކީ ތަޞައްވުރުވެސް ނުކުރެވޭ ފަދަ ހިތާމައެއް ކަަމަށެވެ.

ހަމައެއާއިއެކު، ރައީސް ޑރ.މުޢިއްޒު ވަނީ ދިވެހި ސަރުކާރާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހިތާމަވެރި ވަގުތުގައި ރާއްޖޭގެ ރައްޔިތުން ތިބީ  ރާއްޖެ އެކޭ އެއްފަދައިން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ހިމެނޭ ޕަޕުއާ ނިއު ގިނީ އާއި އެކުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒުގެ ތައުޒިޔާގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެ ސައިޓުގައި ސަރޗް އެންޑް ރެސްކިއު މަސައްކަތްތައް އަވަހަށް އަދި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އަދި އެ ކާރިސާގެ ސަބަބުން ގެއްލުން ލިބުނު އެންމެން ވީހާވެސް އަވަހަށް ރަނގަޅުވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

 3،000 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން އައި ކައޯކަލަމް އަވަށުގެ ބިންގަޑު ކަނޑައިގެން ގޮސް 2000 އަށް ވުރެ ގިނަ މީހުން ވަނީ ބިންގަނޑުގެ އަޑީގައި ވަޅުލެވިފައެވެ.

މި ސަރަހައްދުން މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ދާއިރު، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ސަރަހައްދަށް އެއްގަމު މަގުން ދަތުރުކުރުން ބަންދުވެފައިވާތީ، އެ ސަރަހައްދާއި ހިސާބަށް ހަމައެކަނީ ދެވެނީ ހެލިކޮޕްޓަރުގެ ޒަރީއާއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.