މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله
ހަބަރު
28 May 2024 | 13:42
މި މަޖިލިސް ވެގެންދާނީ ރައީސް މުޢިއްޒުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް: އަބްދުއްރަހީމް

20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް ކަމަށް 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

20 ވަނަ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެން ދެއްވި ހިތާބުގައި އަބްދުއްރަހީމް ވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ނަން، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހުށަހަޅުއްވާފައިވާތީ ޝުކުރު ދަންނަވާފައެވެ. އަދި އެމަނިކުފާނު އެ މަގާމަށް އިންތިޚާބު ކުރުމަށް ވޯޓު ދެއްވި މެމްބަރުންނާއި ފޮނަދޫ ދާއިރާއަށް އިންތިހާބުކޮށްދެއްވި ދާއިރާގެ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މިއާއެކު އެމަނިކުފާނު ވަނީ ނިމިދިޔަ 19 ވަނަ މަޖިލީހަށާއި މަޖިލީހުގެ ރިޔާސަތަށްވެސް ޝުކުރު ދަންނަވައި ކޮށްދެއްވި މަސައްކަތުގެ އަގުވަޒަން ކުރައްވާފައެވެ. 

އަބްދުއްރަހީމް ވިދާޅުވީ، 20 ވަނަ މަޖިލިސް އެކުލަވާލެވިފައިވަނީ ގައުމަށް މުހިންމު ވަގުތެއްގައިކަމަށެވެ. އެގޮތުން 20 ވަނަ މަޖިލިސް އެކުލަވާލެވިފައިވަނީ މުހިންމު އައު ސިޔާސަތުތަކަކާއި އެކީގައި އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެސްދިނުމުގެ އިހުލާސްތެރި ވިސްނުމުގައި ރާއީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެފައިވަނިކޮށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މި މަޖިލިސް ވެގެންދާނީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއި، އެމަނިކުފާނުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށް. މިބދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަންޖެހުފައުވާ ދަނޑިވަޅެއް.

އަބްދުއްރަހީމް އަބްދުالله

“އިގްތުސާދީ އަސާސްތައް ފުޅާކުރުން، އާ މަސައްކަތްތަކާއި ފަންނުތަކާއު ވިޔަފާރިތައް އުފަން ކުރުން. ފައިސާ އާއި މާލީ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދުން. އުމްރާނީ ތަރައްގީގެ އައު ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފްކުރަމުން ގެންދިޔުން” އަބްދުއްރަހީމް ވިދާޅުވިއެވެ. 

މީގެ އިތުރުން، ވީދެމުންދާ ރާއްޖޭގެ އިޖްތިމާއީ ފޭރާން އަލުން އައުކުރުމަކީވެސް އަމާޒެއްކަމަށްވާއިރު، މަސްތުވާތަކެތީގެ ވަބާގެ މައްސަލައާއި ދެކޮޅަށް މަސައްކަތްައް ކުރުމާއި ނުގަވައިދުން ބިދޭސީން ވަންނަމުންދާ ދޮރުތައް ބަންދުކުރުމަކީވެސް މި ދައުރުގެ ޒިންމާއެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަމަ އެހެންމެ، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް މަޖިލީސްގެ އަބުރު ހިފެހެއްޓުމަކީވެސް ކުރައްވާނެ މަސައްކަތެއްކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ކަންކަމާއި ގުޅޭގޮތުން މަޖިލީހުގެ ތެރޭގައި ބަހުސްކުރެވި ސަރުކާރާއިއެކު މަސައްކަތައް ކުރެވި ގޮތް ނިންމަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އައު ގާނޫނުތައް ތައާރަފްކޮށް ހުރި ގާނޫނުތައް އަލުން ބަލައި އިސްލާހުކުރުމާއި އަމަލުކުރަމުންދާ ގާނުނުތަކުން ވަގުތާއި ފައި ހަމަނުވާ ގާނޫނުތައް އުވާލުމަށްވެސް ކަނޑައެޅިފައިވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.