"ސްމާޓް މޯލްޑިވްސް - ޖަރނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ" ގެ ނަމުގައި ބޭއްވި އިވެންޓުގައި ރައީސް ޑރ.މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 May 2024 | 21:04
ޑިޖިޓަލް ޒަމާނަކަށް މަރުޙަބާ ކިޔުމަށް ޖަޒީރާ ޤައުމުތައް އަތާއަތް ގުޅާލަން ރައީސް ގޮވާލައްވައިފި

ޑިޖިޓަލް ޒަމާނަކަށް މަރުޙަބާ ކިޔުމަށް ޖަޒީރާ ޤައުމުތައް އަތާއަތް ގުޅާލަން ރައީސް ޑރ.މުޢިއްޒު ގޮވާލައްވައިފިއެވެ.

ހަތަރުވަނަ ސިޑްސް ކޮންފެރެންސްގެ ތެރެއިން، "ސްމާޓް މޯލްޑިވްސް - ޖަރނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ" ގެ ނަމުގައި ބޭއްވި އިތުރު އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޑިޖިޓަލް އިޤްތިޞާދެއް ބިނާ ކުރުމަށް ސިޑްސް ޤައުމުތަކަށް ގޮވާލައްވާފައެވެ.

މިއަދު ބޭއްވި މި ޚާއްސަ އިވެންޓުގައި ރައީސް މުޢިއްޒު ވާހަކަދައްކަވަމުން، ވިދާޅުވީ ދިވެހިރާއްޖެއަކީ މަދު ޤުދުރަތީ ވަސީލަތްތަކެއްގެ މައްޗަށް ބިނާވާ ނާޒުކު އިޤްތިޞާދެއްގެ ވެރި ޤައުމެއްކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ގޮތުން ކުރިއަރާ ދިޔުމީ ދިވެހިރާއްޖެއަށް ނުހަނު އުނދަގޫ ކަމެއް ކަމަށެވެ.

އަދި މި ބޮޑެތި ގޮންޖެހުންތަކަކީ، ދިވެހިރާއްޖެއަށް ޚާއްސަަ ގޮންޖެހުންތަކެއް ނަމަވެސް މި ގޮންޖެހުންތަކަކީ އެހެންވެސް ކުދި ޖަޒީރާ ޤައުމުތައްވެސް ތަޙައްމަލު ކުރަމުންދާ ގޮންޖެހުންތަކާ އެއްގޮތް ގޮންޖެހުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުޢިއްޒު ވިދާޅުވީ، ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަކީ ކޮންމެ ސަރުކާރަކަށްވެސް އެދޭ މިންވަރަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީ ޤައުމު ތަރައްޤީ ކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.  އަދި އެހެންކަމުން، ޑިޖިޓަލް މި ޒަމާނުގައި ޓެކްނޮލޮޖީގެ ގޮތުން އަންނަމުން ދާާ ކުރިއެރުންތަކަކީ ކުދި ޖަޒީރާ ޤައުމުތަކަށް، ގޮންޖެހުންތަކުން އަރައިގަންނަން ލިބޭ ފުރުސަތެއް ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ތަރައްޤީގެ ފުރަތަމަ ހަރުފަތުގައިވެސް ޓެކްނޮލޮޖީއަށް މަރުޙަބާ ކީ ޤައުމެއްކަން ފާހަގަކުރައްވާ، މިއީ އެމަނިކުފާނު ނުހަނު އުފާ ކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު، ދިވެހިރާއްޖޭގައި އެތައް ވެބް އެޕްލިކޭޝަނަކާއި ޕޯޓަލްތަކެއް ޤާއިމްކުރެވި، ސިއްޙީ ޚިދުމަތްތަކާއި ތަޢުލީމު ފަދަ އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭނެގޮތް ހެދިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. 

އަދި ކުރިއަށް އޮތް ތަނުގައި، އިތުރަށްވެސް ޓެކްނޮލޮޖީ ބޭނުންކޮށް އިތުރު ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޑްރޯން ނެޓުވޯކުތައް ބޭނުންކޮށްގެން ސިއްޙީ ޚިދުމަތްދޭ ވަޞީލަތްތައް ފޯރުކޮށްދިނުމާއި، ސްމާޓް ރޯޑް ސިސްޓަމްސް ތަޢާރަފުކުރުމުގެ އިތުރުން އާރޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމުތައް ޤާއިމުކޮށް ރަށް ގިރުމާއި ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަނެވޭ ނިޒާމެއް އެކުލަވާލުމަށް މަސައްކަތް ކުރާކަން އެމަނިކުފާނު ހާމަކުރެއްވިއެވެެ. 

ޓެކްނޮލޮޖީއާ ރައްޓެހި ޑިޖިޓަލް އިޤްތިޞާދެއް ބިނާކޮށްފި ނަމަ ލިބޭނެ ބައެއް ފައިދާ ތަކަށްވެސް ރައީސް ޑރ. މުޢިއްޒު އަލިއަޅުވާޅިއެވެ. އެގޮތުން މޫސުމީ ބަދަލުތަކަށް ހޭނުމާއި، ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވުމުގެ އިތުރުން އިޤްތިޞާދުފުޅާކުރުމަށް ފުރުސަތު ލިބިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލަމުން ވިދާޅުވީ ޖަޒީރާ ޤައުމުތަކުގެ ބަލިކަށިކަމާއި، ދަތިތައް ޤަބޫލުކުރުމުން، ޙަޤީޤީ ހަރުދަނާކަމާއި، ފުރުޞަތުތައް ފެންނާނެކަމަށެވެ. ކަނޑުގެ ހަމަލާތައް މެދުކެނޑުމެއްނެތި ރަށްރަށަށް ތަޙައްމަލުކުރަމުންދާ ފަދައިން، ހަލަބޮލި ވަގުތުތަކުގައި ދެމިތިބެ، އަމިއްލަ ނަފްސަށް ޓަކައި އުފެދޭ ހުރަސްތަކުގެ މައްޗަށް އަރައިގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.