ޕީއެސްއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީއެސްއެމް
ހަބަރު
29 May 2024 | 17:20
ޕީއެސްއެމްއާ އައު މެނޭޖްމަންޓް ހަވާލުވިއިރު ދަރަނި 261.4 މިލިއަނަށް އަރާ

ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) އާ ހަވާލުވިއިރު ކުންފުނީގެ ދަރަނި 261 މިއަލަން ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒީނާ ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައި، އޭނާ މަޤާމާ ހަވާލުވީއިރު، ކޯޓުގައި ހިނގަމުންދާ ކޭސްތައް ނުހިމަނާ ކުންފުނީގެ ދަރަނި އޮތީ 261 މިލިއަން ރުފިޔާގައިކަމަށެވެ.

މި ބޮޑު ދަރަނީގެ ތަފްސީލު ދެއްވަމުން ޒީނާ ވިދާޅުވީ، ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި 122 މިލިއަން ރުފިޔާއަށް އަރާއިރު އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަނަަށްވުރެ ގިނަ ރުފިޔާގެ ދަރަނި ދައްކަން ޖެހޭ ކަމަށެވެ. އަދި ބޭރުގެ އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި 24 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަަރާ ކަަމަށްވެސް ޒީނާ ވިދާޅުވިއެވެ.

"އެންމެ ދުވަހެއްވެސް ނުދޭ ކޮންމެވެސް އިންވޮއިސްއެއްގެ ކަންތައްތަކުގަ މީހުން ސުވާލުނުކުރާ."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒީނާ ހާމަކުރެއްވި ގޮތުގައި، ޕީއެސްއެމްއިން، ވޭތުވެ ދުޔަ އަހަރުތަކުގައި ނަގާފައިވާ ލޯނުތަކުގެ ތެރެއިން 87 މިލިއަން ރުފިޔާ ނުދެއްކި އެބަހުއްޓެވެ. އަދި މި ލޯނަށްވެސް އިންޓްރެސްޓް އަރަމުންދާކަން ޒީނާ ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްއިން ދައްކަންޖެހޭ ދަރަންޏަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި މަޝްވަރާކޮށްގެން، ސަރުކާރުގެ އެހީތެރިކަމާއި އެކު، މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާ، ޒީނާ ވިދާޅުވީ ޕީއެސްއެމްގެ އާ މެނޭޖްމެންޓް ހަވާލުވެގެން ދަރަނީގެ ގޮތުގައި 9 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، އެ ކުންފުނިން ހޯދަމުންދާ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން މިހާރު ދުވަހުން ދުވަހަަށް ކުރެވެމުންދާކަން ވެސް ޒީނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކާއި ގުޅިގެން ޕީއެސްއެމް އިން ފުލުހަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ ކުންފުނީގެ ފައިނޭންސް ހެޑް ވަނީ ސަސްޕެންޑުކޮށް އަދި މިހާރު ވަޒީފާއިން ވަކި ކޮށްފައެވެ.

ކޮމެންޓް
މުހައްމަދު
ތިދަރަންޔަކީ އަލީ ހާލިދު އެރުވި ދަރަންޔެއްނޫން ތިދަރަނީގެ 90 ޕަސަންޓަކީ އެމްޑީ ހަލީލު އެރުވި ދަރަނި. ޕީއެސްއެމް ދަރަނިވެރިކޮށް ހަލާކުކޮށްލީ ހަލީލު ޕީއެސްއެމް ކަނެކްޓަކާ މާލްދީބަކާ އެއްޗެހި ހަދައިގެން.
29 May 2024
ފައިސަލް
ހަރަދުކުޑަކުރީމޭ ކިޔާގެންވެސް ދޮގުހެދީ މުސާރައަށްކުރި ހަރަދު ބޮޑުވެފަ ހުރީ ސްޓަފުންވީ އިތުރު ފިނޭންސް މިނިސްޓްރީން މިކަން ކަށަވަރުވާނެ.
29 May 2024
ޝަރީ
އެޗްއޯޑީ ވައިބާ ގުރޫޕުގަ އެބަހުރި އޭނަޔަށްބަވާފަ ޒީނާގެ.މީހަކުގެ މުޅި ކެރިއަރު ދުއްވާލީ ބައެއްގެ ބަހަށް. ޗުއްޓީގަ ބަލިވެ ނުހިނގިފަ އަންހެނުން ވިހައިގެން މަހެއް ނުވޭނަޔަށް ތިޔަ ބޮނޑި ދިންއިރު
29 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.