އީރާނުގެ އަސްކަރީ ތަމްރީނެއްގެ ތެރޭގައި ޤަދަރު މިސައިލް ބޭނުންކުރަނީ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
30 May 2024 | 14:02
އީރާނުން ޔަމަނަށް ބާރުގަދަ މިސައިލްތަކެއް ފޯރުކޮށްދީފި

އީރާނުން ޔަމަނުގެ ހޫތީންނަށް ބާރުގަދަ މިސައިލް ތަކެއް ފޯރުކޮށްދީފިއެވެ.

އީރާނުން ހޫތީންނަށް ފޯރުކޮށްދީފައިވަނީ ކަނޑުމަގުން ވެސް ފޮނުވާލެވޭ ބުލެސްޓިކް މިސައިލެއް ކަމަށްވާ ޤަދަރުއެވެ. އީރާނުގެ ތަސްނީމް ނޫހުން ރިޕޯޓްކުރާ ގޮތުގައި މިއީ އެމެރިކާ އާއި އިސްރާއީލުގެ އަސްކަރިއްޔާ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހިފައިވާ ހަތިޔާރެކެވެ. 

2007 ވަނަ އަހަރު އީރާނުން އުފެއްދި މި މިސައިލަކީ 1,600 އާއި 1,950 ކިލޯމީޓަރާއި ދެމެދުގެ ރާސްތާއަކަށް ބާރު ދުވެލީގައި ދަތުރުކުރާ މިސައިލްތަކެކެވެ. 

އީރާނަކީ އެ ސަރަހައްދުގައި އެންމެ ގިނަ އަދަދަކަށް ބުލެސްޓިކް މިސައިލާއި އަސްކަރީ ޑްރޯން އުފައްދާ ގައުމަށް ވާއިރު، އީރާނުން ހޫތީނަށް މިސައިލްތައް ފޯރުކޮށްދިނުމަކީ ޔަހޫދީންނާއި އެމީހުންނަށް ވާގިވެރިވާ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކަކާއި ނުތަނަވަސްކަމެއް ގެންނާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އީރާނުން ހޫތީންނަށް ތާއީދުކުރާކަން މީގެ ކުރިން ހާމަކުރި ނަމަވެސް، ހަތިޔާރު ފޯރުކޮށްދޭކަމުގެ ތުހުމަތުތައް އަންނަނީ ދޮގުކުރަމުންނެވެ. އެގައުމުން މިފަދައިން ބުނި ނަމަވެސް އީރާނާއި ހޫތީންގެ ދެމެދުގައި ހަތިޔާރު ބަދަލުކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

ހޫތީން އަންނަނީ ޔަހޫދީން ޣައްޒާ އަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން، ފަލަސްތީނަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން، ރަސްކަނޑު ހުރަސްކޮށް ދަތުރުކުރާ ޔަހޫދީންގެ އުޅަނދުތަކާއި އެގައުމާއި ގުޅުންހުރި އުޅަނދުތަކަށް ހަމަލާދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.