ވަޒީރު މުއްޠަލިބް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
30 May 2024 | 16:31
މަގޫދޫ އާއި ނިލަންދޫ އެއާޕޯޓު ކައިރިކައިރީގައި އޮތުމުން ގެއްލުމެއް ލިބޭނެކަމަކަށް ނުފެނޭ: ވަޒީރު މުއްޠަލިބް

ފ.މަގޫދޫ އާއި ފ.ނިލަންދޫ އެއާޕޯޓު ކައިރިކައިރީގައި އޮތުމުން ގެއްލުމެއް ލިބޭނެކަމަށް ފެނިވަޑައިނުގަންނަވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިއަދު އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކުފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، މަގޫދޫ އެއާޕޯޓުގެ 75 ޕަސެންޓް ނިމިފައިވާކަމަށާއި، މަގޫދޫ އެއާޕޯޓްގެ މަޝްރޫއު ހުއްޓާލުމަކީ ރައްޔިތުންނަށް ވެސް އަދި އެ ސަރަހައްދުގައި ހުރި ރިސޯޓްތަކަށް ވެސް ފައިދާވާނެ ކަމެއް ނޫންކަމަށެވެ.

އެހެންނަމަވެސް އިންވެސްޓަރުންވެސް މުސްތަގުބަލުގައި އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ އިތުރުން، ނިލަންދޫގައި އެއާޕޯޓެއް އެޅުމުން ލިބޭނެ ގެއްލުމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. 

"މުސްތަގުބަލަށް އެ ސަރަހައްދަށް އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާތީއާއި އެކަމަކީ އިންވެސްޓަރުންވެސް އެދޭ ކަމަކަށްވާތީ އަޅުގަނޑަކަށް ނުފެނޭ ނިލަންދޫ އެއާޕޯޓު އެޅުމަށް، ކައިރިކައިރީގައި ދެ އެއާޕޯޓު އޮތުމުން އެކަމުން ލިބޭނެ ގެއްލުމެއް ސީދާ އޮތް ކަމަކަށެއް."

ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

މަގޫދޫއަށް ބަދަލުކުރީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ނިލަންދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓެއް ކަމަށާއި،މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވަކި ހިސާބަކަށް ނިމުނުނަމަވެސް، އިންވެސްޓަރުން ބޭނުންވަނީ ނިލަންދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އެ ދެ ރަށުގައި އެއާޕޯޓު އެޅިގެން ދިޔުމަކީ ބޭކާރު ކަމެއް ނޫންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބް ވިދާޅުވީ، މަގޫދޫ އެއާޕޯޓު އެކި ގޮތްގޮތަށް ބޭނުންކުރެވިދާނެ ކަމަށާއި، އޭގެ ތެރޭގައި ޓްރެއިނިން އެއާޕޯޓެއް ނުވަތަ، އެމްއެންޑީއެފްގެ ޑްރޯން އޮޕަރޭޓް ކުރުމަށް ބޭނުންކުރުންވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަގޫދޫ އެއާޕޯޓު ބޭނުންކުރެވޭނެ އެހެން ކިތަންމެ ގޮތްތަކެއް އެބަހުރި. ޓްރެއިނިން އެއާޕޯޓްތަކެއް ނޫނީ މިސާލަކަށް މިހާރު އެމްއެންޑީއެފުން ޑްރޯން ގެންގުޅޭއިރު އެބޭފުޅުންވެސް ބޭނުންވޭ ވަކި ހާއްސަ އެއާޕޯޓެއް ޑްރޯން އޮޕަރޭޓް ކުރަންވެސް." 

ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

އެހެންކަމުން، ކައިރިކައިރީގައި ދެ އެއާޕޯޓު އެޅުމަކީ އިސްރާފެއް ނޫން ކަމަށާއި، ބޭކާރު ކަމެއްކަމެއް ނޫންކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

ކޮމެންޓް
އިއްބެ
ގެއްލުންލިބޭނެ ކުރެވޭކޮއްމެކަމަކީރަނގަޅުކަމަކަށްދެކޭނަމައީގޯހެކެވެ
30 May 2024
13 ވގ
ތީ ބުރާތިވެފަ ހުރި ވަޒީރެއް ވަޒީރުކަން ބޭނުމަސްބޮޑުވަރުތީ ކޯންޗެއްތޯ ކިޔެވީ މަނިކުފާން ތިހާތަނެއްދޮރެއް ނޭގުނީމަ އަހާލި
31 May 2024
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.