ތިލަމާލެ ބްރިޖް-- ފޮޓޯ: ވޮއިސް
ހަބަރު
30 May 2024 | 16:20
ތިލަމާލެ ބުރިޖްގެ 38.8 އިންސައްތަ މަސައްކަތް ނިންމައިފި

ތިލަމާލެ ބުރިޖްގެ 38.8 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވައިފިއެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބު ވަނީ ބްރިޖްގެ މަސައްކަތް މިހާތަނަށް ގޮސްފައިވާ މިންވަރު ތަފްސީލުކޮށް ހާމަކޮށްދެއްވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ވިލިމާލެ ބްރިޖްގެ މަޝްރޫޢުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަބުތަކުގެ ޕައިލިންގެ %65 މަސައްކަތް ނިމިފައިވާކަމަށާއި ޕައިލް ކެޕްގެ %46 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ޕިއާ ކޮލަމްގެ %48 މަސައްކަތް ނިމި، މަޝްރޫޢުތަކުގެ ޑެކްގެ ބޭނުންވާ ޕްރިކާސްޓުތަކުގެ %31 ކާސްޓުކޮށްފައިވާއިރު، ވިލިމާލެ ސެގްމަންޓުތައް ހުޅުވާލުމުގެ މަސައްކަތް ފެށިފައިވާކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ މާލެ-ތިލަމާލެ ލިންކް ގެ މަސައްކަތުގެ 38.8 އިންސައްތަ ވަނީ ނިމިފައި. މަޝްރޫޢުތަކުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަބުތަކުގެ ޕައިލިންގެ %65 މަސައްކަތް ނިމިފައި. ޕައިލް ކެޕްގެ %46 މަސައްކަތް ނިމިފައި. ޕިއާ ކޮލަމްގެ %48 މަސައްކަތް ނިމިފައި. މަޝްރޫޢުތަކުގެ ޑެކްގެ ބޭނުންވާ ޕްރިކާސްޓުތަކުގެ %31 ވަނީ ކާސްޓުކޮށް ނިމިފައި އަދި ވިލިމާލެ ސެގްމަންޓުތައް ލޯންޗް ކުރުމުގެ މާނައަކީ ހުޅުވާލުމުގެ މަސައްކަތް ވަނީ ފެށިފައި."

ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ. 

ހަމައެއާއިއެކު، ބްރިޖްގެ ސެގްމަންޓް ތަކުގެ ތެރެއިން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026 އަށެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް 30 ސެޕްޓެމްބަރު 2026 އަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު، މުޅި މަޝްރޫޢު 30 ސެޕްޓެމްބަރު 2026 ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.