މޭޔަރު އާދަމް އާޒިމް-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
01 Jun 2024 | 10:44
މިސްކިތްތަކުގެ ފާހަނަ ތަަކަކީ ފަސް ތަރީގެ ފާހަނަތަކަށް ހެދުމަކީ އަމާޒެއް: މޭޔަރު އާޒިމް

މާލެ ސިޓީގެ މިސްކިތްތަކުގެ ފާހަނާތަކަކީ ފަސްތަރީގެ ފާހަނާތަކަކަށް ހެދުމަކީ އަމާޒެއްކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިސްކިތްތަކާއި ވެށީގެ ސާފްތާހިރުކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީގެ މިސްކިތްތަކުގެ ފާހަނާތައް ފަސްތަރީގެ ފާހަނަތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި،  ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ނިމޭއިރު، ހުންނާނީ 5 ތަރީގެ ރީތި ފާހާނާތަކެއް ކަމަށެވެ.

"މިސްކިތްތަކަކީ ވަރަށް ވަރަށް ރީތި ތަންތަނޭ މީހުން ބުނާ ވަރަށް އެކަން ކޮށްދެއްވާށޭ..އަޅުުގަނޑުގެ އަމާޒެއް މިސްކިތުގެ ފާހާނާ ތަަކަކީ ފަސް ތަރީގެ ފާހަނަތަކަށް ހެދުން..އެކަމުގެ މަސައްކަތް ފަށައިގެން މި ދަނީ.. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލެ، ވިލިމާލެ، ހުޅުމާލޭގައި ހުންނާނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ފަސް ތަރީގެ ރީތި ފާހަނަ،"

މޭޔަރު އާޒިމް ވިދާޅުވިއެވެ.

މީހެއްގެ ގެއަކަށް ވަދެފައި، ފާހަނައަށް ވަދެވުމުން ފާހަނަ ރީތިވެއްޖެނަމަ އުފާވާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، މިސްކިތްތަކުގެ ފާހަނަތައްވެސް ރީތިވުމުން އެކަމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ. އަދި މިސްކިތެއްގެ ފާހާނާއަކަށް ވަނުމަށްފަހު އެ ތަނުގައި ހުރި ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖެނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި، މިސްކިތްތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއްކަމަށެވެ.

ހަމައެއާއިއެކު، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގެ ލަފާފުޅާއި އެއްގޮތަށް މިސްކިތްތައް ސާފުކުރަން ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގައި ދިވެހި މުވައްޒަފުން ވެސް ޝާމިލުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.