ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Jun 2024 | 12:31
ރާއްޖެއަށް ދާއިމީ ގޮތެއްގައި ބޭރުގެ އަސްކަރީ ޙާޒިރީއެއް ބޭނުމެއްނުވޭ އަދި ނުވެސްވާނެ: ވަޒީރު ޣައްސާން

ދިވެހި ރާއްޖެއަށް ދާއިމީ ގޮތެއްގައި ބޭރުގެ އަސްކަރީ ހާޒިރީއެއް ބޭނުންނުވާކަމަށާއި އަދި ބޭނުން ނުވެސްވާނެ ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

 ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ، ގައުމުތަކާއެކު ރާއްޖެއިން ދިފާއީ ގުޅުން ގާއިމްކުރިނަމަވެސް އެއްވެސް ގައުމެއްގެ ސިފައިން ދާއިމީކޮށް ގާއިމްވެ ތިބުމަށް ސަރުކާރުން ބޭނުންނުވާ ކަމަށެވެ.

 ރާއްޖޭގެ ސުލްހައާއި، ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވަނީ ދިވެހިރާއްޖޭގެ އަމިއްލަ ދިފާއީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކޮށް، ދުނިޔެ ގަބޫލުކުރާ މިންގަނޑުތައް ރާއްޖޭގެ ސަރަހައްދުގައި ކަށަވަރުކުރުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭގެ ތެރެއިން ގުޅުންތައް ދެމެހެއްޓުމުގެ އިތުރުން ގުޅުން ގާއިމްކުރެއްވުމަށްވެސް ރައީސް ޑރ.މުޢިއްޒު އިސްކަން ދެއްވާކަމަށެވެ.

ހަމައެއާއިއެކު، ރާއްޖޭގެ އަސްކަރިއްޔާގެ  ފެންވަރު ރަނގަޅު ކޮށް، ކަނޑުގެ ޓެރަރިޒަމް އަމަލުތަކާއި، ނަހަމަގޮތުގައި ގާނޫނީ ވަޞީލަތްތައް ބޭނުންކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރިކަމަކުން ސަލާމަތްވެ، ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރެއްވުމަށް ވެސް ރައީސް ޑރ.މުޢިއްޒު އިސްކަން ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބިމުގައި ދާއިމީ ގޮތެއްގައި ބޭރުގެ އަސްކަރީ ޙާޒިރީއެއް ބޭނުމެއްނުވޭ އަދި ނުވެސްވާނެ. އަޅުގަނޑުމެންގެ އުންމީދަކީ، ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމަށް އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުން އިޙްތިރާމް ކުރެއްވުން"

ވަޒީރު ޣައްސާން ވިދާޅުވިއެވެ.

ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް ގޮންޖެހުމެއް ކަމަށާއި، ރާއްޖެފަދަ ކުދި ޤައުމުތަކުން، މިނިވަންކަމުގެ އެންމެ ބޮޑު ޔަގީންކަމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގާނޫނަށް ބަލާފައިވާއިރު، ބައެއް ގައުމުތަކުން އެ އަގު ކުރުންތައް ދޫކޮށްލުމަކީ އޭގެ ސަބަބުން ކުދި ގައުމުތަކަށް ކުރިމަތިވާ ދަތިކަމެއް ކަމަށް ވަޒީރު ޣައްސާން ވިދާޅުވިއެވެ.

ވަޒީރު ޣައްސާން އިތުރަށް ވިދާޅުވީ، ދިފާޢީ ޤާބިލުކަން އިތުރުކޮށް ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ ސިޔާސަތުގައި އިސްކަންދޭ ކަމަކަށް ވާއިރު، އެއްވެސް މާނައެއްގައި ދިވެހި ބިމުގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބުމަށް ދިވެހި ސަރުކާރުން ބޭނުން ނުވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.