ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Jun 2024 | 14:59
ކަނޑުތަކުގެ ދުވަހުގެ މަސްރޭހުގައި މިނިސްޓަރުންވެސް ބައިވެރިވެލައްވާނެ!

މިއަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަސްރޭހުގައި ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓަރުންގެ ޓީމެއް ވެސް ބައިވެރިވެލައްވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަން ރާވާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު، މުހައްމަދު މުއްތަލިބު ވިދާޅުވީ، މިއަހަރު ކަނޑުގެ ދުވަސް ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ.

މި ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ހަރަކާތްތަކެއް ކަމަށާއި، ކެބިނެޓްގެ މިނިސްޓަރުންގެ ޓީމެއް ބައިވެރިވެލެއްވުމަކީ އެކަން ހާމަވެގެންދާ ކަމެއް ކަން މުއްތަލިބު ވިދާޅުވިއެވެ.

"މި ދުވަހުގެ ހަރަކާތްތަކަކީ ސަރުކާރުން ވެސް ވަރަށް ބޮޑަށް އިސްކަން ދީގެން ކުރިއަށް ގެންދާ ހަރަކާތްތަކަކަށް ވާތީ، ކެބިނެޓް މިނިސްޓަރުންގެ ޓީމެއް ވެސް މަސްވެރިންގެ ދުވަހުގައި... މަސްރޭހުގައި ބައިވެރިވާގޮތަށް މިވަނީ ނިންމަވާފައި"

މުއްތަލިބު ވިދާޅުވިއެވެ.

ކަނޑުތަކުގެ ދުވަހަކީ މި މަހުގެ އަށް ވަނަ ދުވަސް ނަމަވެސް މިއަދުން ފެށިގެން ދުވަހާއި ގުޅޭ ހަރަކާތްތައް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ. 

ކަނޑުތަކާއި ގުޅިގެން އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން 7 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކުރެހުމުގެ މުބާރާތެކެވެ.

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގެ ކުރެހުންތައް އޮންލައިންކޮށް ވެސް ނުވަތަ ސީދާ ވުޒާރާ އަށް ވެސް ހުށަހެޅޭނެއެވެ.

ހަމައެއާއިއެކު، 13 އަހަރުން ފެށިގެން 19 އަހަރުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއިން ނިންމާފައިވާއިރު، މި ދުވަހާއި ގުޅިގެން އަންނަ ބުދަ ދުވަހާއި ހުކުރު ދުވަހު 'އޯޝަންސް ލިޓްރެސީ ކުއިޒް'ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދަރިވަރުންނަށް ކަނޑުތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ރާވާފައިވާއިރު، މި މައުލޫމާތު ސެޝަންގައި ކަނޑުތަކާއި ފަޅުތަކަށް ގެއްލުން ދިނުމުން ދުރުކުރުވުމަށް ދަރިވަރުން ޕްލެޖެއްގައި ސޮއި ކުރުން އޮންނާނެ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ދުވަހާއި ގުޅިގެން ކުރިއަށްގެންދާ އެންމެ ކުލަގަދަ ހަރަކާތެއްގެ ގޮތުގައި މުއްތަލިބް ފާހަގަކުރެއްވީ މަސް ރޭހެވެ. މާލޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަސްރޭހުގައި މިހާރުވެސް 25 ޓީމަކުން ބައިވެރިވެފައިވާއިރު، މި ހަރަކާތް ފެށޭނީ ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުންނެވެ.

މި ހަރަކާތްތަކުގެ އިތުރުން ވެސް ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  ފަޅުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށްގެންދިޔުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.