ޕީއެންސީ ޕާލަމެންޓްރީ ގުޜޫޕްގެ މެންބަރު އިބްރާހިމް ފަލާހު: ފޮޓޯ/ މަޖިލިސް
ހަބަރު
03 Jun 2024 | 11:30
އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އިދިކޮޅުގެ ކުއްލި މައްސަލަތައް ކުރީ ބޭރު؛ މި މަޖިލީހުން ބަލައިގަނެފި: ފަލާހު

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް، 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ޚައްސާސް މައްސަލަތަކާއި ގުޅިގެން ހުށަހެޅުނު ކުއްލި މައްސަލަތައް ބޭރު ކުރި ކަމަށާ، އެހެން ނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުން މަޖިލީހުން އިދިކޮޅުގެ ކުއްލި މައްސަލަ ބަލައިގަނެ ތަފާތު ދައްކާފައިވާ ކަމަށް، ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާޙިމް ފަލާޙް ވިދާޅުވެއްޖެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހީމް ނާޒިލް ވަނީ އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަށް ސާފު ފެން ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުފައިވާ ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ.

އެ މައްސަލަ، ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ ތާއިދާއެކު މަޖިލީހަށް ވަނީ ބަލައިގަނެފައެވެ. 

އެ މައްސަލައަށް ބަހުސް ކުރައްވަން ލިބިލެއްވި ފުރުސަތުގައި ފަލާހު ވިދާޅުވީ، އެއީ އެ ޕާޓީންވެސް ވަރަށް ބޮޑަށް ބަހުސް ކުރައްވަން ބޭނުންވާ މައްސަލައެއް ކަމަށެވެ.

އެއްވެސް ޝައްކެއްނެތް، އެޖެންޑާ 19 ކިޔާ ރައްޔިތުންގެ މަޖިލީހަކުން، އަޅުގަނޑުމެންގެ، އޭރުގެ މައިނޯރިޓީގައި އޮތް، މަދު ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުން ހުށްހެޅުއްވި، ރައްޔިތުންނާއި މިފަދަ ގުޅުންހުރި، މި ތަޅުމަށް ހުށަހެޅުއްވި އެއްވެސް ކުއްލި މައްސަލައެއް ނެތް މަޖިލީހުން ބަލައިގަނެފައެއް. އަޅުގަނޑުމެންގެ މި ސަރުކާރުގެ، ޚާއްސަކޮށް ޕާލަމެންޓްރީ ގުރޫޕުގެ އިޚްލާސްތެރިކަން ދިވެހިރައްޔިތުންނަށް މިއަދު ވަރަށް ބޮޑަށް ހާމަވެގެންދާނެ.

ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާޙިމް ފަލާޙް 

މީގެ އިތުރުން ފަލާހު ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ އެންމެ ބާރަ މެންބަރުން ތިބި ނަމަވެސް، ކޮމިޓީތައް އެކުލަވާ ލުމުގައުވެސް އެ ޕާޓީގެ މެންބަރުން އެދިލައްވާފައިވާ ގޮތަށް އެދިލެއްވި ހުރިހާ ފުރުސަތު ދެއްވި ކަމަށެވެ.

ފަލާހު މިފަދައިން ވިދާޅުވެފައި ވާއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެންނާއި، ފަލަސްތީނު މައްސަލައާއި، ބޯހިޔާވަހިމަުގެ މައްސަލައާއި، އެއްޖިންސުން ގުޅުން ހިންގުން އާއްމުވުން ފަދަ ބޮޑެތި މައްސަލަތަކާއި ގުޅިގެން އޭރުގެ އިދިކޮޅު ޕާޓީން ހުށަހެޅުއްވި މައްސަލަތައް އެމްޑީޕީ މެންބަރުން ވަނީ ބޭރުކޮށްލާފައެވެ. 

މިއާއެކު ފަހާލުވަނީ، އައްޑު ސިޓީ ފެނުގެ މައްސަލަ ކުރިމަތިވަމުންދާ ސަބަބު ތަކާއި ގުޅޭގޮތުން އެމްޑީޕީ އެހެން މެންބަރަކު ބަހުސް ކުރައްވަން ބޭނުންފުޅުވެސް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ފެނަކައިގެ ދަރަނި މައްޗަށް ދިޔަ މިންވަރާއި، އެކަމުގައި އޭރުގެ ފެނަކައިގެ އެމްޑީ ސަޢީދުއަށް ކުރެވޭ ތުހުމަތު ތަކެވެ. 

އެގޮތުން، އެ ސަރުކާރު ނިންމާލިއިރު ފެނަކައިގެ ދަރަނި 4.6 ބިލިއަނަށް އަރުވާލާފައިވާ ކަމަށާ އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުންވެސް އޭނާ ވަނީ، އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ، ގައުމު އަބަދުވެސް “ދޮވެލައި” ދަރުވާލާ ކަމަށް ބުނެ އެސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ު

ކޮމެންޓް
މީހެއް
ކުރީ މަޖިލީހުން ކުރީ ބޭރު މިމަޖިލީހުން ގަތީބަލައި
03 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.