މޭޔަރ އާދަން އާޒިމް
ހަބަރު
06 Jun 2024 | 12:17
ރާއްޖޭގައި މަރުވާ ބިދޭސީންގެ ހަށިގަނޑު މޯޗަރީގައި ބަހައްޓައިގެން ނަގާ ފީ މާފުކޮށްދޭން އެދޭތީ މޭޔަރ ގެ ކަންބޮޑުވުން

ރާއްޖޭގައި މަރުވާ ބިދޭސީންގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި ބަހައްޓައިގެން ނަގާ ފީ މާފުކޮށްދޭން އެދެމުން ދާތީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު އޮތް، މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 148 ވަނަ ޖަލްސާގެ އރޖެންޑާގައި ވަނީ، ގިނަ ދުވަސްތަކެއް ވެފައިވާ ބަންގްލަދޭޝް މީހެއްގެ ހަށިގަނޑު ހަވާލުވާނެ މީހަކު ނެތި، ގައުމަށް ގެންދެވިފައިނުވާތީ، މޯޗަރީ ފީ މާފުކޮށްދިނުމަށް ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައާއިމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައެވެ.

އެގޮތުން، މިއަދުގެ އެޖެންޑާ އިއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ މޯޗަރީ ފީ މައާފް ކޮށްދިނުމަށް އެދި ބަންގްލަދޭޝް އެންބަސީއިން ފޮރިން މިނިސްޓަރީއަށް ސިޓީ ފޮނުވުމުން އރ މިނިސްޓްރީން މާލެ ސިޓީ ކައުންސިލްގައި އެފަދައިން އެދެމުންދާ އެދުން ތަކުރާރުވަމުން އަންނަކަމަށެވެ.

އަދި މީގެ ކުރޮންވެސް އެފަދައިން އެދުމުން މަޢާފް ކޮށްދީފައިވާކަން ފާހަގަކުރައްވައި އާޒިމް ވަނީ މޯޗަރީ އަކީ އެތަން ބެލެހެއްޓުމަށްވެސް ބޮޑު ޚަރަދެއް ދާތަނެއްކަމަށްވާތީ އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކަން ކުރާނެ ގިތަކާއިމެދު ކައުންސިލަރުންގެ ލަފާ ހޯއްދަވާފައެވެ. 

"މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން މިކަން ހިނގާފައި ވަނީ. މައާފްކޮށްދީފައިއޮތީ. އެކަމަކު މިތަނަކީ[މޯޗަރީއަކީ] ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާ ތަނެއް. ފުދޭވަރަކަށް އަޕްގްރޭޑްކުރަން ވެސް ޖެހިފަ ހުރި ތަނެއް މިތަނަކީ. މިގިތަށް އަބަދު މައާފްކުރުމުގެ ސިސްޓަމެއް ގެންގުޅެންފަށައިފިއްޔާ، ކައުންސިލަކީ މާ ގިނަ އާއްމުދަނީއެއް ލިބޭ ތަނެއްވެސްނޫން. ދެން މިގޮތަށް ހިންގާއިރު ޚަރަދު ކޮށްފައި އާއްމުދަނީ ނުލިބެންޏާ މައްސަލަތަކެއް އުޅޭނެ" އާޒިމް ވިދާޅުވި އެވެ. 

އާޒިމްގެ ވާހަކައާއި ގުޅިގެން، މޯޗަރީގައި މީހުންގެ ހަށިގަނޑު ބެހެއްޓުމާއި ގުޅޭ ގަވައިދުތަކެއް ސިޓީ ކައުންސިލުގައި ހުރި ނަމަވެސް، ފައިސާ ނުދައްކައިފި ނަމަ އަމަލުކުރާނެ ގޮތެއް ނެތް ކަމަށް ކައުންސިލަރުން ފާހަގަކުރި އެވެ.

އެހެންކަމުން، އާޒިމް ވަނީ އެކަން ހައްލު ކުރުމަށް ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނެސް، ކުރާ އިންޝުއަރެންސްގެ ތެރެއިން މި ހަރަދުތައް ވެސް ކަވަރުވާނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅުއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.