ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް : ފޮޓޯ/ރައީސް އޮފީސް
ހަބަރު
09 Jun 2024 | 13:17
ހިނިތުންވުމާައެކު އަވަސް ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށް ސިވިލް ސާވަންޓުންގެ އަރިހުން ނާއިބް ރައީސް އެދިވަޑައިގެންފި

ސިވިލް ސާވިސްގެ މުވައްޒަފުނަކީ ހިނިތުންވުމާއި އޯގާތެރިކަމާއެކު އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އެދިވަޑައިގެންފިއެވެ.

ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2024 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނައިބު ރައީސް ވިދާޅުވީ، އޭރަކު އޮންނަ ސަރުކާރަކުން ކަނޑއަޅާ އަމާޒަކަށް ގައުމު ގެންގޮސްދީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތްކުރާ އެއް ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ. އެގޮތުން ކޮންމެ ސަރުކާރެއްގެވެސް އަމާޒަށް ވާސިލް ވުމަށް މުރާލި ކަމާއެކު ސިވިލްސާވަންޓުން މަސައްކަތް ކުރަމުންދާކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި ސިވިލް ސާވިސް މުވައްޒަފުންނަށް ނާއިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މިއާއެކު ނާއިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ވަރަށް ކެތްތެރިކަމާ ކަމޭހިތުމާއެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއްކަމަށެވެ. އަދި ސަރުކާރުގެ ކޮންމެ ވުޒާރާއަކާ ކޮންމެ އޮފީހަކުން ވެސް ފަސޭހަކަމާއެކު ޚިދުމަތް ލިބެން ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޚިދުމަތަކަށް ރައްޔިތަކު ދާއިރު އިސްތިގުބާލުކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފަކު. ރައްޔިތުންގެ އަޑު އަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގުފަހިކޮށްދޭން ތިބޭނީ ހަމަ ސިވިލް ސާވިސް މުވައްޒަފުން. އެހެންކަމުން ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް މުވައްޒަފުން ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. ސިވިލް ސާވިސްގެ އެއްބާރުލުމާއި އެހީތެރިކަން ދިވެހި ސަރުކާރަށް ބޭނުންވޭ،"

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

މިއާއެކު ނާއިބު ރައީސް ވަނީ ސިވިލް ސާވިސްގެ މުވައްޒަފުން، ޚިދުމަތް ދިނުމުގައި މުހިންމު ދެކަމަކަށް އިސްކަންދެއްވުމަށް އެދިވަޑައިގެންފައެވެ.

އެއްކަމަކީ ހިނިތުންވުމާއެކު އޯފާތެރި ޚިދުމަތެއް ދިނުން. ދިވެހި ސިވިލް ސާވިސް ކޮންމެ މުވައްޒަފަކީވެސް ޚިދުމަތް ހޯދުމަށް އަންނަ ކޮންމެ ދޭސީއެކާއި ކޮންމެ ބިދޭސީއަކަށް ވެސް އޯގާތެރިކަމާއެކު މުއާމަލާތް ކުރައްވާ ބޭފުޅަކަށް ވުން އެދެން. ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނީ ވަރަށް ހަލުވިކަމާ، ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭ ޚިދުމަތް ދިނުން. ކިޔުގައި ޖެހިގެން އެތައް އިރަކު ހިދުނަތް ހޯދަން ތިވެން ޖެހުމީ މިޒަމާނުގެ ޓެކްނޮލޮޖީއާއެކު ހައްލު ހޯދޭނެ ކަންކަން. އޮފީސް ދޮށަށް ނައިސް ގޭގައި އިނދެގެން އޮންލައިންކޮށްޗެސް ހިދުމަތް ލިބެންޖެހޭ. 

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

މިއާއެކު ނައިބު ރައީސް ވަނީ، ޚިދުމަތް ދިނުމަށްފަހު ޚިދުމަތް ހޯދާ ފަރާތްތަކުން އެ ޚިދުނަތާއި މެދު ދެކޭ ގޮތް ބަލައި ރަނގަޅު ކުރަން ހުންނަ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންފައެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ މުހިންމު މޮޓޯއަކީ، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ހަލުވިކޮށް، ޒަމާނީ ކުރައްވާ، ރައްޔިތުން އެދޭ އަމާޒަށް ޚިދުމަތުގެ ފެންވަރު ގެންގޮސްދެއްވުމަށް ރެއާ ދުވާލު މަސައްކަތްކުރެއްވުން ކަމަށްވާއިރު ރައީސްގެ މި އަމާޒަށް ވާސިލުވުމަށް މަސައްކަތްކޮށްދެއްވުމަށް ނާއިބު ރައީސް ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.