ފަލަސްތީނަށް ޕީއެންސީ ޕީޖީގެ އެހީ ފޯރުކޮށްދިނުން: ފޮޓޯ/ޕީއެސްއެމް
ހަބަރު
12 Jun 2024 | 13:04
‘ފަލަސްޠީނާއެކު ދިވެހިން’ ޓެލެތޯނަށް ޕީއެންސީގެ ޕީޖީ ފަރާތުން 2 ލައްކަ ރުފިޔާގެ ހަދިޔާ ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އެދި ލެއްވުމަށް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމްއިން ކުރިއަށް ގެންދާ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން 2 ލައްކަ ރުފިޔާގެ އެހީއެއް ފޯރުކޮށްދެއްވައިފިއެވެ.

މި ޓެލެތޯން ފެށުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޕީއެންސީގެ ފަރާތުން މި ފައިސާގެ އެހީ ހަވާލުކޮށްދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުاللهއެވެ. އެ ފައިސާއާ ޕީއެސްއެމްގެ ފަރާތުން ހަވާލުވެލެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް  އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ފަރާތުން އިސްނަގައިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަވަސްވެގަތުމުގެ މައިގަނޑު ސަބަބަކީ ދިވެހި ރައްޔިތުންގެ ލޯބި އެބަޔަކަށް އެންމެ ބޮޑަށް ލިބިފައިވާ ބަޔަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ވުމުންކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް އިސްނަންގަވައިގެން ފެއްޓެވި ޓެލެތޯންގައި ރައްޔިތުން ތަމްސީލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ރައްޔިތުން ތަމްސީލު ކުރާ އެންމެ ބޮޑު އެއް މުވައްސަސާއަކީ ރައްޔިިތުންގެ މަޖިލީސް، އެހެންވީމަ ޕީޕީއެމް، ޕީއެންސީން ގަބޫލު ކުރީ އެންމެ ފުރަތަމަ އިޖާބަ ދޭނެ ބަޔަކަށް ވާނީ އަޅުގަނޑުމެންނޭ،".

އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވަނީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު އަދަދެއް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ފަރާތުން ފަލަސްޠީނަށް ހަދިޔާކުރެވުނީ ހުރިހާ މެންބަރުންގެ ދީލަތި އެހީއާއެކުގައިކަން ފާހަގަކުރައްވާފައެވެ. 

އަދި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، ފަލަސްތީނުގެ މައްސަލާގައި އެންމެ ބޮޑަށް ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި، ރައީސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އަބްދުއްރަހީމް ވަނީ ޝުކުރުދަންނަވާފައެވެ. 

މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހި ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ، ވަކި ފިކުރަކަށް ނުބައްލަވާ، ދިވެހި ރައްޔިތުން ބައިވެރިވެ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނާއި މެދު އޮތް ލޯތްބާއި ކަންބޮޑުވުން ހާމަކޮށްދިނުމަށް އެދިލައްވާފައެވެ.

'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ. 

މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
ވޯލްޑްކަޕްގެ ޚަބަރުތައް ގެނެސްދިނުމުގައި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުވުމަށް
ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، މެޗުތައް ބްރޯޑްކާސްޓްކުރުމާއި ޚަބަރު ފެތުރުމުގައި އަޚްލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
01 Jul 2026
ސައުދީއަށް ޖީ20 ތެރެއިން ރައްކާތެރިކަން އެއްވަނަ
ސަޢޫދީ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތައް ބިނާވެފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އިންޑިކޭޓާ ޑޭޓާބޭހުގެ މައްޗަށެވެ. ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ އާބާދީގެ 97.7 އިންސައްތަ މީހުން ރޭގަނޑު އެކަނި އެ މީހުންގެ އަވައްޓެރި ސަރަހައްދުތަކުގައި ހިނގާފައި އުޅެން ރައްކާތެރި ކަމަށް ދެކެއެވެ.
01 Jul 2026
އެމްބާޕޭގެ މޮޅު ކުޅުމާއެކު ފްރާންސް ގަދަ 16 ޓީމްގެ ތެރެއަ
01 Jul 2026
އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭ ގަދަ 16 އަށް
މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ނޯވޭ ހޯދާފައި ވަނީ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނުމެޗް 2-1 ގެނަތީޖާއިން ކާމިޔާބުކޮށްގެންނެވެ
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.