އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:
ހަބަރު
14 Jun 2024 | 11:23
ކައުންސިލު އިދާރާގެ އައު އިމާރާތްކުރާ 50 ރަށް އިއުލާންކޮށްފި

އެންމެ ބޮޑަށް ހަލާކުވެފައިވާ ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން، މިއަހަރު ކައުންސިލް އިދާރާ ގާއިމްކުރާނެ 50 ރަށް އިއުލާންކޮށްފިއެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ރައީސް މުޢިއްޒުގެ ވައުދުފުޅާައި އެއްގޮތަށް އަލަށް އަޅަން ނިންމާފައިވާ 50 ކައުންސިލްގެ އައު އިމާރާތް އަޅާނެ ރަށްތައް އިއުލާން ކުރައްޗވާފައެވެ. 

ކައުންސިލު އިދާރާ ޢިމާރާތްކުރާ ރަށްތައް:

ހއ. އަތޮޅު: ވަށަފަރު، ދިއްދޫ، އިހަވަންދޫ

ހދ. އަތޮޅު: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ

ށ. އަތޮޅު: ކޮމަންޑޫ، ފޭދޫ، ގޮއިދޫ، ނަރުދޫ

ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ

ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު

ބ. އަތޮޅު: ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ

ޅ. އަތޮޅު: ކުރެންދޫ

ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު

އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި

މ. އަތޮޅު: މުލި، ދިއްގަރު، މުލައް

ފ. އަތޮޅު: ފީއަލި

ދ. އަޮތޮޅު: ހުޅުދެލި، ބަނޑިދޫ

ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ، ވޭމަންޑޫ

ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ، މާވަށް

ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ

ގދ. އަތޮޅު: މަޑަވެލި

ވަޒީރު ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމަށް އެންމެ އެކަށީގެންވާ ރަށްތައް ކަނޑައެޅުމުގައި ވަރަށް ތަފްސީލުކޮށް މަޢުލޫމާތު ނަގާ، ބަލާފައިވާނެކަމަށެވެ.

އެގޮތުން ބެލި ބެލުމުން އާ އިމާރާތް އެޅުމަށް ކޮންމެހެން ބޭނުންޖެހިފައިވާ 102 ރަށް ފާހަގަކުރެވިފައިވާއިރު، މިއަހަރު އަޅާ 50 އިމާރާތް ކަނޑައަޅާފައިވަނީ، އިމާރާތުގެ ޙާލަތު އެންމެ ދަށްކޮށް ހުރި ރަށްތައް ބެލުމަށްފަހުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އެ 50 ރަށުގެ އިމާރާތުގެ ހާލަތު ވަޒަން ކުރިއިރު، އިމާރާތަށް ވީ މުއްދަތާ، މަރާމާތުކުރަންޖެހޭ މިންވަރާ، ޖާގައާއި އަދި ސްޓޯރޫމާއި، ފާޚަނަ އަދި ނަމާދު ކޮޓަރ ފަދަ ޖާގަތައް ހުރި މިންވަރާ،ރަށު އޮފީހުގެ އިމާރާތުގައި ޕޮލިސް ޑެސްކާއި ކޯޓުގެ ޚިދުމަތް ޤާއިމުކޮށްފައިވޭތޯ ވަނީ ބަލާފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި މަޝްރޫއުގެ އިތުރުން ޕީ.އެސް.އައި.ޕީގެ ތެރެއިން މިއަހަރު 29 ރަށެއްގެ ކައުންސިލު އިދާރާ ޢިމާރާތްކުރެވޭނެ ކަމަށާ މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނިގެން 26 ރަށެއްގެ ކައުންސިލު އިދާރާ މިހާރު ވެސް އަޅަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.