ހައްޖުވެރިންތަކެއް-- ފޮޓޯ: ގަލްފް ޓުޑޭ
ހަބަރު
17 Jun 2024 | 16:13
ހޫނުގަދަވުމުގެ ސަބަބުން ޙައްޖުވެރިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

މައްކާގައި ހޫނުގަދަކަކަމުން، ޙައްޖުވެރިން ބޭރަށް ނުނިކުތުމަށް ސަޢޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

ސައުދީ ޢަރަބއްިޔާގެ ހެލްތު މިނިސްޓްރީގެ ރަސްމީ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހޫނު ގަދަވުމުގެ ސަބަބުން ޖަމްރާތަކަށް ނުނިކުތުމަށާއި، ހެނދުނު 11 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް، އަތްވަށް ނުނިކުތުމަށް އިލްތިމާސް ކުރާކަމަށެވެ. 

ސަޢުދީ ޢަރަބިއްޔާގެ މޫސުމާއިބެހޭ އިދާރާގެ އެދުމުގެ މަތިން ޙައްޖު މިނިސްޓްރީން ޙައްޖު ގްރޫޕްތަކަށް ފޮނުވި މެސެޖެއްގައި ވެސް އެއްވެސް ޙައްޖުވެރިއަކު ހެނދުނު 11 އިން ހަވީރު ހަތަރަކަށް ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި، މިއަދު މައްކާގެ ފިނިހޫނު މިން ހުރީ، 49 ޑިގްރީ ސެލްސިއަސްގައެވެ. 

ޙައްޖު މޫސުމުގައި، ހޫނު ގަދަ ވުމުގެ ސަބަބުން، މީގެ ކުރިންވެސް ސަޢުދީގެ ކަމާ ބެހޭ ވުޒާރާތަކުން ވަނީ، ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކުޑަ ބޭނުންކުރުމަށާއި، ހޫނު ގަދަ ވަގުތުތަކުގައި ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.