ބިދޭސީންތަކެއް-- ފޮޓޯ: ވޮއިސް
ހަބަރު
17 Jun 2024 | 19:00
ބިދޭސީން ރަށްރަށުގައި މަސައްކަތްކުރަން އެރަށަކުން އިތުރު ޕާމިޓެއް ހޯދަންޖެހޭ ގޮތް ހަދަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަސައްކަތްކުރަށް ކޮންމެރަށަކުން އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތަށް ހަދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އިޙްސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަން ދޭ ވަރކްޕާމިޓުގެ އިތުރުން، އެމީހަކު މަސައްކަތް ކުރާ ރަށަކުންވެސް ވަކި ވަރކް ޕާމިޓެއް ހޯދަން ޖެހޭގޮތް ހަދަން މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ މެންޑޭޓްކުރަން، އަޅުގަނޑުމެން ވޯކް ޕާމިޓެއް ރާއްޖޭގައި މަސައްކަތްކުރަން ދިނަކަސް އަދި އޭގެ އިތުރު ޕާމިޓެއް، އެ ރަށަކުން އިޝޫ ކުރަން ޖެހޭނެއޭ އޭނަ އެ ރަށެއްގައި މަސައްކަތް ކުރުމަށްޓަކާ. އޭރުން ދަފްތަރު ބެލެހެއްޓޭނީ،"

ވަޒީރު އިޙްސާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ބަލަހައްޓަން ޖެހޭ ކަމަށާއި، ނަމަވެސް އެފަދަ ނިޒާމެއް މިހާރު ނެތްކަމަށެވެ.

އެހެންކަމުން، ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމަށްފަހު، އެތަކެތީގެ އެކްސެސް ކައުންސިލްތަކަށްދީ މައުލޫމާތު އަދާހަމަކުރުމުގެ ފުރުސަތު ދޭނެކަމަށްވެސް ވަޒީރު، އިޙްސާން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އޮޕެރޭޝަން ކުރަނގި' ގެ ނަމުގައި ޚާއްސަ އޮޕެރޭޝަނެއް ފަށާފައިވާއިރު، މި އޮޕެރޭޝަނުގެ ދަށުން ވަނީ ކ. ހިންަމަފުށްޓާއި މާފުށިން ގިނަ އަދަދެއްގެ ބިދޭސީންގެ އިނގިލީގެ ނިޝާނާއި، ފޮޓޯ ނަގާފައެވެ.

ކޮމެންޓް
މުޙައްމަދު
ކައުންސިލަށް ބްރައިބް ކުރަން ވަރަށް ފަސޭހަވާނެ. ލޮލް
17 Jun 2024
އާދިލް
ކޮރަޕްޝަން ޑަބަލްވީ
18 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.