ކަނާތުން މަތީ ސަފުގައި: ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ކުރީގެ ޖެނެރަލް ބެނީ ގަންޓްޒް، ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް؛ ކަނާތުން ފެށިގެން ދެވަނަ ސަފުގައި: އާރިއެހް ޑެރީ، ގާޑީ އައިސަންކޮޓް އަދި ރޮން ޑަރމަރ --- ފޮޓޯ: އޭއެފްޕީ
ދުނިޔެ
17 Jun 2024 | 19:38
އިސްރާއީލުގެ ހަނގުރާމަ ކެބިނެޓް އުވާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުލަވާލި، ހަ މެންބަރުންގެ ހަނގުރާމަ ކެބިނެޓް އުވާލައިފި އެވެ.

ފަލަޞްޠީނުގައި ލާއިންސާނީ ޖަރީމާތައް ހިންގުމަށް ނަތަންޔާހޫ އެކުލަވާލި ކެބިނެޓު މިއަދު އުވާލާފައިވަނީ، ކެބިނެޓުގެ ބައެއް މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. 

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ކެބިނެޓު އުވާލުމުން، ދެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅޭ ކަންކަން ރާވާ މަޝްވަރާ ކުރާނީ، ކުޑަ ފޯރަމަކުންނެވެ.

ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓުން އިސްތިއުފާ ދީފައިވަނީ، ހަނގުރާމައިގައި ނަތަންޔާހޫ ގެންގުޅެމުންދާ ސިޔާސަތުތަކާ ނުރުހުންވެ، އިސް ދެ މެންބަރުން ކަމަށް ވާ ވަޒީރު، ބެނީ ގާންޓްޒް އާއި ގާދީ އައިސެންކޮޓް އެވެ. އެ ދެމީހުން އިސްތިއުފާ ދީފައިވަނީ، މި މަހުގެ 10 ވަނަ ދުވަހުއެވެ.

ހަނގުރާމަ ކެބިނެޓު އުވާލުމާ ގުޅިގެން، އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ތަރުޖަމާނަކު، އެކަމާ ބެހޭ ގޮތުން މައުލޫމާތު ދެމުން ބުނީ، ހަނގުރާމަ ކެބިނެޓު އުވާލި ނަމަވެސް، ހަނގުރާމައިގެ 'ޗެއިން އޮފް ކޮމާންޑް' އަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ހަނގުރާމައަށް ނުވަ މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އިސްރާއީލުގެ ސިޔާސީ މަސްރަހު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، ހަނގުރާމަ ކެބިނެޓުން އިސްތިއުފާ ދިން ބެނީ ގާންޓްޒް ވަނީ، ހަނގުރާމައިގެ ސަބަބުން ނުބޭއްވިފައި އޮތް އެ ޤައުމުގެ ރިޔާސީ އިންތިޚާބު އަވަސް ތާރީޚެއްގައި ބޭއްވުމަށް ގޮވާލާފައެވެ. 

ބެނީ ގާންޓްޒް އިސްތިއުފާ ދީފައިވަނީ، ޤައުމުގެ ރައްކާތެރިކަމަށް ވުރެ ސިޔާސީ ނިޒާމަށް ނަތަންޔާހޫ އިސްކަންދޭކަމަށް ބުނެ ނުރުހުންފާޅުކުރުމާ އެކުއެވެ. އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އިސްތިއުފާ ދޭން ނިންމީ، ހަނގުރާމަ މެދުކަނޑާލުމަށް، ނަތަންޔާހޫ ދެކޮޅުހަދަމުންދާތީއާއި، ހަނގުރާމައަށް ރަނގަޅު ރޭވުމެއް އެކުލަވާލަން ނަތަންޔާހޫ ނުކުޅެދުމުގެ ސަބަބުން ކަމަށެވެ. 

ބެނީ ގާންޓްޒްއަކީ، ސިޔާސީގޮތުން، ނަތަންޔާހޫއާ ވާދަކުރާ އިދިކޮޅު އިސް ކެނޑިޑޭޓެވެ. ހަނގުރާމަ ފެށުމަށްފަހު، ހަނގުރާމަ ކެބިނެޓު އެކުލަވާލާ، މިދެމީހުން އެއްގަލަކަށް އެރި ނަމަވެސް، ނަތަންޔާހޫގެ ސިޔާސަތުތަކަށް ފާޑުކިޔާ ބެނީ ވަނީ ކުރިންވެސް އިސްތިއުފާ ދޭނެ ކަމަށް އިޝާރާތް ކޮށްފައެވެ. 

ބެނީ ގާންޓްޒްގެ އިތުރުން، އިސްތިއުފާދިން އައިސެންކޮޓަކީ، އިސްރާއިލީ ޑިފެންސް ފޯސެސް (އައިޑީއެފް) ގެ ކުރީގެ ޗީފެވެ. އޭނާ ނަތަންޔާހޫއަށް ފޮނުވި، އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ ހަނގުރާމައިގައި، އެމީހުން ބޭނުންވާ ނަތީޖާތައް ނެރުމަށް އެތައް މަސައްކަތްތަކެއް ކުރި ނަމަވެސް، ކެބިނެޓުން ނިންމަމުން ދާ ނިންމުންތައް ދަނީ، އެ ނެތީޖާތައް ނެރުމަށް ހުރަސްއަޅަމުން ކަމަށެވެ.

އިސްރާއީލުން ފަލަޞްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހަމައެކަނި ޣައްޒާއިން ވަނީ 37,347 މީހުން ޝަހީދުވެފައެވެ. މީގެ ތެރޭގައި 15,000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ޙަމަލާ ތަކުގައި، ޣައްޒާއިން 85,372 މީހުން ޒަޚަމް ވެފައިވާއިރު، ގެއްލިފައިވާ މީހުންގެ ޢަދަދު ވަނީ 10،000 އިން މައްޗަށް ގޮސްފައެވެ. 

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށް ފަހު، ހިފާފައިވާ ހުޅަނގު އައްސޭރިން ވަނީ، 135 ކުޑަކުދިން ހިމެނޭހެން 548 މީހުން ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުން ދިން ޙަމަލާތަކުގައި އެކި ވަރުގެ އަނިޔާތައް ލިބި ހުޅަނގު އައްސޭރިން ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 5,200 އިން މައްޗަށް ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.