ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިހުސާން --- ފޮޓޯ: ވޮއިސް
ހަބަރު
18 Jun 2024 | 18:33
ބިދޭސީން ރަށްރަށުގައި މަސައްކަތްކުރަން ހޯދަންޖެހޭ ޕާމިޓަށް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެ: ވަޒީރު އިހުސާން

ބިދޭސީން ރަށްރަށުގައި މަސައްކަތްކުރަން ހޯދަންޖެހޭ ޕާމިޓަށް އިތުރު ޚަރަދެއް ކުރަން ނުޖެހޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހްސާން ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރަން ދޭ ވަރކްޕާމިޓުގެ އިތުރުން، އެމީހަކު މަސައްކަތް ކުރާ ރަށަކުންވެސް ހޯދަން ޖެހޭ ޕާމިޓަށް އިތުރު ފީއެއް ނަގަން މަޝްވަރާކޮށްފައި ނުވާކަމަށެވެ.

ވަޒީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވީ، ވަކި ވަކި ރަށްރަށުން ހޯދަން ޖެހޭ ޕާމިޓު، ހޯދާނީ، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން، އީ-ރަޖިސްޓްރޭޝަނެއް ކޮށް، ރަށު ކައުންސިލްތަކުން އެޕްރޫވް ކުރުވައިގެން ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރަން ދޭ ވަރކްޕާމިޓުގެ އިތުރުން، އެމީހަކު މަސައްކަތް ކުރާ ރަށަކުންވެސް ވަކި ވަރކް ޕާމިޓެއް ހޯދަން ޖެހޭގޮތް ހަދަން މަސައްކަތް ކުރާ ކަމަށް، ވަޒީރު އިޙްސާން ވިދާޅުވީ، ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން މިމަހުގެ 17 ވަނަ ދުވަހުއެވެ.

މި އައު ޕާމިޓަކީ، ތިން އަހަރު ދުވަސް ތެރޭ، ލިޔެކިޔުންތައް ނެތް ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ހިފާފައިވާ އަމާޒުގެ ދަށުން ތަޢާރަފްކުރަން ނިންމާފައިވާ ކަމެއް ކަމަށްވެސް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.