ހަލަފް އެފްސީގެ ކުޅުންތެރިން މެޗު ފެށުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން... ފޮޓޯ: ސިޑިބަރި
ކުޅިވަރު
19 Jun 2024 | 22:46
އެފްސީ ބްރަދާސް ކަޓުވާލުމަށްފަހު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހަލަފް އެފްސީ ސެމީއަށް

އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫގައި މިހާރު ކުރިއަށްދާ "މައްޔާ ފުޓްސަލް ވާދަ 2024"ގެ ގުރޫޕް ބީގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި 3-1 ގެ ނަތީޖާއަކުން އެފްސީ ބްރަދާސް ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހަލަފް އެފްސީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ހަލަފް އެފްސީގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ސްޓްރީޓް ބްރަދާސް އަތުން އެޓީމު ބަލިވި ނަމަވެސް، ދެވަނަ މެޗުގައި އެޓީމުން ވަނީ 9-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ޑާކް ސިޓީ ބަލިކޮށްފައެވެ. އަދި އެފްސީ ބްރަދާސް ކުޅުނު ފުރަތަމަ މެޗުގައި 6-2 ގެ ނަތީޖާއަކުން ސްޓްރީޓް ބުރަދާސް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ޑާކް ސިޓީ ބަލިކޮށްފައެވެ.

މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ދެޓީމަށް ވެސް މޮޅުވުން މަޖުބޫރުވެފައި އޮތް މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ގެ ނަތީޖާއަކުން ހަލަފް އެފްސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ހަލަފް އެފްސީ އިން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ހަލަފް އެފްސީގެ އިބްރާހިމް ޝަރީފު، އަލީ ހާފިޒު އަދި އަހުމަދު މަޝީދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެފްސީ ބްރަދާސްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނަސްރުﷲ މުހައްމަދު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަލަފް އެފްސީގެ އަހުމަދު މަޝީދު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަލަފް އެފްސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެފްސީ ބްރަދާސްއަށް ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނާގައި އޮވެގެންނެވެ. 

ޗެންޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ފުރުސަތު ލިބިގެންދާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އަރަކާއެވެ. އަދި ޓައިޓަލް ސްޕޮންސަރ އަކީ އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. މީގެއިތުރުން ޕްރިންޓިންގ ޕާޓްނަރ އަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރުންނަކީ ސިޑިބަރި އަދި ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.