ޕީޖީ ޝަމީމް--
ހަބަރު
20 Jun 2024 | 16:01
ކުށްކުރާ ކުޑަކުދިންނަށް އޮތް ހައްލަކީ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލުކުރުން: ޕީޖީ ޝަމީމް

ކުށްކުރާ ކުޑަކުދިންނަށް އޮތް ހައްލަކީ ކުރާ ކުށަށް ޒިންމާވާ އުމުރު ދަށްކުރުން ނޫންކަމަށާއި، ހައްލަކީ އެކުދިންގެ މާހައުލު ބަދަލުކުރުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމްގެ ބްލޮގްގައި "ކުށްކުރާ ކުޑަކުދިން – ޙައްލަކީ ޢުމުރު ދަށްކުރުމެއް ނޫން، މާޙައުލު ބަދަލުކުރުން" ގެ ނަމުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި އެބޭފުޅާ ވިދާޅުވީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙައްލެއް ހޯދިފައިނުވާ މައްސަލައެއް ކަމަށާއި ޤާނޫނެއް އޮތް ނަމަވެސް އެ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބާއި ގާތަށްވެސް ނުދެވޭ ކަމަށެވެ.

ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތުކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ، ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައިނުވާއިރު، ސަރުކާރުގެ އިދާރާތަކުން ދެކޭ ގޮތުގައި، ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އުޅޭ ކަމަށެވެ.

 "9 އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ޤަބޫލުކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ."

ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދުކަމަށް ބަލައިގެން ހިސާބު ޖަހައިފިނަމަ، އެ 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ޤައުމީ މައްސަލައަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން ޕީޖީ ޝަމީމް ވަނީ ފާޅުކުރައްވާފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، ޖިނާއީ ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާޢީ މައްސަލަތަކަށް އޮތް ޙައްލެއް ނޫން ކަމަށާއި، ޖަލުގެ އާބާދީގެ 70% އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނަށް ވާއިރު، ޖިނާއީ ދަޢުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ޙައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ އެބޭފުޅާ ދެކިލައްވާގޮތުގައި، އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ނޫންކަމަށެވެ. އަދި އެބޭފުޅާ ސިފަ ކުރެއްވި ގޮތުގައި މި ކަމަކީ "ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް" އެވެ.

މިއާއިއެކު ޕީޖީ ޝަމީމް ވިދާޅުވީ، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާޙައުލުން އެކަމަށް ހިތްވަރު ލިބޭތީކަމަށާއި، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާޙައުލު ބަދަލުކުރެވޭތޯ ބެލުން ކަމަށެވެ.

 އެ ކަން ކުރުމުގެ ބާރު، ޤާނޫނު ތަންފީޒުކުރާ މީހުންނަށް އެބައޮތް ކަމަށާއި، ދައުލަތުގެ ވަޞީލަތްތައްވެސް އެކަމަށް ހޭދަކޮށްގެން، އެކުއްޖާއާއި އެކުއްޖާގެ ވަށައިގެންވާ މާޙައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންޖެހޭ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

"އެކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތްނަމަ، ވަޒީފާއެއް ހޯދައިދޭންވީއެވެ. ތަޢުލީމީ ދާއިރާއިން އެ ކުދިންނަށް އިތުރު ޚާއްޞަ ފުރުޞަތުތައްވެސް ލިބޭނޭގޮތް ހަދަންވީއެވެ. ޔުނިވަރސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކޮށް، ނުރަނގަޅު ރަޙްމަތްތެރިންނާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީއެވެ."

ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އަމިއްލަ ދަރިން ވެސް ނުރަނގަޅު ކަމެއް ކުރުމުން ދޫކޮށްނުލާ ފަދައިން މި ކުދިންވެސް ދޫކޮށްނުލާ،  މާޙައުލު ބަދަލުކުރުމަށްކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ޚަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓް
އަލީ
ރާއްޖެއަށް ދިމާވާ އެންމެ ބޮޑުމައްސަލައަކީ އެއްވެސް ކަމެއް ދިރާސާ ނުކޮށް އެމީހަކަށް ފެންނަގޮތް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ހަދައިގެން ލިބިފައިއޮންނަ ބާރެއްގެ ބޭނުންކޮށްގެން ކަންކަމުގައި ގޮތް ނިންމާ ނިންމުން.
21 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.