ހިޒްބުﷲ ގެ އިސްވެރިޔާ ހަސަން ނަސްރުﷲ-- ފޮޓޯ: ސީއެންއެން
ދުނިޔެ
20 Jun 2024 | 17:59
ލުބުނާނަށް އަމާޒުކޮށް ހަމަލާދީފި ނަމަ އިސްރާއީލު ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ހަމަލާދީފިނަމަ، އިސްރާއީލު ސުންނާފަތިވާވަރަށް ހަމަލާދޭނެ ކަމަށް ހިޒްބުﷲ ގެ އިސްވެރިޔާ ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

ނަސްރުﷲ މިފަދައިން ވިދާޅުވީ، ހިޒްބުﷲއާ ދެކޮޅަށް ހަނގުރާމަކުރަން ހުރިހާ ގޮތަކުން ވެސް ތައްޔާރަށް އޮތް ކަމަށް އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އިޝާރާތްކުރުމާއި ގުޅިގެން ދެއްވި ތަގުރީރެއްގައެވެ.

މިގޮތުން ނަސްރުﷲ ވިދާޅުވީ، މި ހަނގުރާމައިގައި އިސްރާއީލާއި ކުރިމަތިލާއިރު، ހަމަލާތައް ދޭނީ އެއްވެސް އުސޫލެއް ނެތި , "ސީލިންއެއް ނެތި" ކަމަށާއި ހިޒްބުﷲގެ ހަމަލާތައް އަމާޒަށް ފޯރާއިރު، އެ ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ ކަމަށެވެ.

އިސްރާއީލުން ލުބުނާނުގައި ހަނގުރާމަ ފަށާނެ ކަމަށް އިންޒާރުދީ، ވާހަކަދެއްކުމުން ބިރު ނުގަންނަކަމަށާއި، ހަނގުރާމައެއް ފަށާނަމަ ހަގީގަތުގައި ބިރުގަންނަންވީ އިސްރާއީލު ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

"ދުޝްމަނުންނަށް ވަރަށް ރަނގަޅަށް އެނގޭ އަހަރެމެން ތައްޔާރުވެފައިވާ މިންވަރު. އިސްރާއީލުގައި އަހަރެމެން ހަމަލާތައް ނުފޯރާނެ އެއްވެސް ތަނެއް މިހާރު ނޯންނާނެ"

ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ އިތުރަށް ވިދާޅުވީ، އިސްރާއީލަށް އަމާޒުކޮށް ހަމަލާދޭއިރު، އޭގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑުގައި ހުރި ޔަހޫދީންގެ ޓާގެޓްތައް ވެސް ހިމެނޭ ކަމަށެވެ. އަދި ސައިޕްރަސްގެ އެއާޕޯޓުތަކާއި މަރުކަޒުތައް ޔަހޫދީ ފައުޖުގެ އަސްކަރީ ތަމްރީނުތަކަށް ބޭނުންކުރުމުގެ ހުއްދަ ދޫކުރާ ކަމުގެ މައުލޫމާތު ހިޒްބުﷲ އަށް ލިބިފައިވާ ކަމަށާއި، މި ތަންތަނަކީ ހަނގުރާމައިގެ ހާލަތުގައި އިސްރާއީލުން ބޭނުންކުރުމަށް ރާވާފައިވާ ތަންތަން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިފަދައިން ޔަހޫދީންނަށް މިތަންތަން ދޫކުރާނަމަ، ސައިޕްރަސް އަކީ ވެސް މި ހަނގުރާމައިގައި ބައެއްގެ ގޮތުގައި ހިޒްބުﷲ އިން ބަލައިގަންނާނެ ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ހަމާސް ގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ނަސްރުﷲ ވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން އެމެރިކާއިން ހުށަހެޅި ޕްލޭނަށް ބައެއް ބަދަލުތައް ގެނައުމަށް ހަމާސް އިން ނިންމި ނިންމުމަށް ތާއީދުކުރައްވާ، ތައުރީފް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.