މާލޭ މޭޔަރ އާޒިމް
ހަބަރު
21 Jun 2024 | 13:32
ރައީސް މުއިއްޒު ފެއްޓެވި ކަންކަން ކުރިއަށްދާނެ، ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފެއްޓެވި ކަންކަން އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުރިޔަށްދާނެ ކަމަށާއި މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭ މޭޔަރ ކަމަށް އިންތިޚާބު ކުރެވުނާއިއެކު އޭނާގެ އަމާޒަކަށްވީ ރައީސް މުއިއްޒު ފައްޓަވާފައިވާ ކަންތައްތައް ކުރިޔަށް ގެންދިޔުން ކަމަށެވެ. 

"އަޅުގަނޑުގެ އަމާޒަކަށްވީ ރައީސް މުއިއްޒު ފެއްޓެވި މަސައްކަތްތައް، އެގޮތަށް ހަމަ ކުރިޔަށް ގެންދާނީ، އެއީ ހަމަ ކައުންސިލާއި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް އެ ހުންނަނީ. އެހެންވީމާ އަޅުގަނޑުމެން އޭތި އިމްޕްލިމަންޓް ކުރަމުންދާނީ. 

އާދަމް ޢާޒިމް

މިއާއެކު އާޒިމް ވިދާޅުވީ، ވަކި ސަރުކާރަކުން ނުވަތަ ވަކި ބޭފުޅަކު ފެށި މަސައްކަތަކަށް ވުމުން އެ މަސައްކަތް ހުއްޓާާލުމުގެ ސަޤާފަތް ރާއްޖޭގައި ދޫކޮށްލާން ޖެހޭ ކަމަށެވެ. އެހެނީ އެފަދައިން ކަންކަން ހުއްޓާލުމުން ރައްޔިތުންގެ ވަގުތާއި އެތައް ބައިވަރު ފައިސާތަކެއް ގެއްލިގެންދާކަމަށާ، ސިޔާސީ ކޯޅުންގަނޑާ ހުރެ އެކަމަކަށް ރައްޔިތުން ކުރަމުންދާ މިންނެތް މަސައްކަތް ގެއްލި އޭގެ އަސަރު ގިނަ ރައްޔިތުންނަށް ކުރަމުންދާކަން އާޒިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ ކޯޅޭކަށެއް ނޫން، ރައްޔިތުންނަށް ޚިދުމަތް ކުރަން. އެބަޔަކަށް ހާސިލް ކުރެވޭނީ ހާސިލް ކުރަން އުޅޭ ކަމެއް، ކޯޅެން އުޅޭ ބަޔަކަށް ކޯޅެވޭނީ، ޚިދުމަތް ކުރަން އުޅޭ ބަޔަކަށް ޚިދުމަތް ކުރެވޭނީ. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ ޚިދުމަތްކޮށްދިނުންް." އާޒިމް ވިދާޅުވިއެވެ. 

މީގެ އިތުރުން އާޒިމް ވަނީ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް ތަކަށް ސަރުކާރެ އެއްބާރުލުން ލޮބޭކަން ފާހަގަކުރައްވައި ގުޅިގެން މަސައްކަތް ކުރައއވާނެ ކަމަށް ވިދާޅުވެފައެވެ. 

އަޅުގަނޑަށް މިވަގުތު ދަތިތަކެއްނެތް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގެ. އެކަމަކު އެބަހުރި މާލެ ސިޓީ ކައުންސިލްގެ ބައެއް މެންޑޭޓް ތަކަށް ސަރުކާރުން ހުރަސް އަޅާފައި. މިސާލަކަށް ހުޅުމާލޭގެ މައްސަލަ. އެކަމަކު ސަރުކާރުގެވެސް އެބަ އޮތް ރަނގަޅު ނިޔަތް. ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންނަން. އަލުގަނޑުގެ ފަރާތުން ފެންނާނީ ގުޅިގެން މަސައްކަތް ކިރާތަން. މިހާތަނަށް ސަރުކާރުންވެސް ވަރަށް ގުޅިގެން މަސައްކަތް ކުރަނީ

އާދަމް އާޒިމް

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.