އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް-- ފޮޓޯ: ހެރަލްޑް ސަން
ދުނިޔެ
22 Jun 2024 | 09:09
ލުބުނާނަކީ ދެވަނަ ޣައްޒާއަށް ހެދުމުގެ ފުރުސަތު ނުދެވޭނެ: އދ

ލުބުނާނަކީ ދެވަނަ ޣައްޒާއަކަށް ހެދުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި ހައްދުފަހަނައަޅާފައިވާ އިސްރާއީލާއި ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކާއި ބަހުގެ ހަމަލާތަކަށް އިޝާރާތްކުރައްވާ ގުޓަރެސް ވިދާޅުވީ، އެންމެ ގޯސް ފިޔަވަޅެއްގެ ސަބަބުން ހިޔާލަށް ވެސް ނުގެނެވޭ ވަރުގެ ހަނގުރާމައެއް ފެށިދާނެ ކަމަށާއި، އެ ސަރަހައްދުގެ ރައްޔިތުންނާއި މުޅި ދުނިޔެ އަށް ވެސް ލުބުނާނަކީ އެހެން ޣައްޒާއަކަށް ވުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އީރާނުގައި ހުންނަ އދ ގެ މިޝަން އިން ބުނީ، ހިޒްބުﷲ އަށް އަމިއްލަ އަށް ދިފާއުވުމުގެ ގާބިލުކަން ލިބިފައިވާ ކަމަށާއި، އިސްރާއީލުން ލުބުނާނަށް އަރައިގަތުމުގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ދެކުނުގެ ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން ފަށާފައެވެ.

އދ އިން މިފަދައިން ބުނެފައިވާއިރު، ހިޒްބުﷲ ގެ އިސްވެރިޔާ ހަސަން ނަސްރުﷲ ވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ހަމަލާދީފިނަމަ، އިސްރާއީލު ސުންނާފަތިވާވަރަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ލުބުނާނުގައި ހަނގުރާމަ ފަށާނެ ކަމަށް އިންޒާރުދީ، ވާހަކަދެއްކުމުން ބިރު ނުގަންނަކަމަށާއި، ހަނގުރާމައެއް ފަށާނަމަ ހަގީގަތުގައި ބިރުގަންނަންވީ އިސްރާއީލު ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.