މާފުށި ޖަލު-- ފޮޓޯ: ދަ ޕްރެސް
ހަބަރު
22 Jun 2024 | 10:20
މާފުށި ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ހުއްޓުވުމަށް ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

ފޯނާއި މަސްތުވާތަކެތި ވެއްދުމާއި، އޮޅުވާލައިގެން ފައިސާ ފޭރުން ހުއްޓުވުމަށް ކ.މާފުށި ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިކަން ހާމަކުރައްވަމުން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިއާއިއެކު ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއްވެސް ޤާއިމްކުރާނެކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ ޖަލުތަކުން ކަމަށާއި، އެކަންތައްތައް ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ހަފްތާގެ ތެރޭގައި މާފުށި ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް މަހުގެ ތެރޭގައި ހަށިގަނޑު ސްކޭންކުރާ ނުވަތަ ބޮޑީ ސްކޭނިންގ މެޝިނެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖަލުތެރޭގެ ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފަދަ އެއްޗެހި ފެންނަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުތަކުން އަޅަމުންދާ ކަމަށެވެ. އަދި އެކަންތައް ހައްލުވުމުން މުޖުތަމައުގެ ތެރޭގައި ސްކޭމް ކޯލްތައް ކުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ބޭންކާއެކުގައި އެއްބަސްވުމެއް ހަދައިގެން ފުލުހުން އެމަސައްކަތް ކުރިއަށްގެންދާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

"ހިތާމަވެރި ހަގީގަތަކީ ޖަލުތެރޭގެ ހަމަ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާ އެއްޗެހި ފެންނަމުންދޭ. މަސްތުވާތަކެތި އެބަފެނޭ. އަޅުގަނޑުމެން އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ޖަލުން އެދަނީ އަޅަންމުން. އެޕޯޝަން ޙައްލުވީމަ ދެން މިއޮތީ ސޮސައިޓީ ތެރޭގަ ތިބި ސްކޭމް ކޯލްތައް ކުރާ މީހުން. އެކަމުގަ ބޭންކާއެކުގަ ވަރަށް ރަނގަޅު އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ފުލުހުން އެދަނީ މަސައްކަތްކުރަމުން." 

ވަޒީރު އިޙުސާން ވިދާޅުވިއެވެ.

ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލަތަކަކީ މިހާތަނަށް ވެސް ހައްލުކުރެވިފައިނުވާ މައްސަލައަކަށް ވާއިރު، މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނީ، ފޯނު ވައްދައިގެން ސްކޭމް ކޯލްކުރާކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.