ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ހަބަރު
24 Jun 2024 | 13:11
ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތްތައް އަންނަ އަހަރު މެދުތެރޭގައި ނިމޭނެ: ރައީސް މުޢިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ ތެރެއިން އައު ޓާމިނަލް އަދި ޓާމިނަލާއި ގުޅިފައިވާ މަސައްކަތްތައް އަންނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައިލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާ ޓަރމިނަލްގައި ގާއިމުކުރާ 8 އެއަރޯ ބްރިޖުގެ ތެރެއިން މަދުވެގެން 3 ބުރިޖުގެ މަސައްކަތް ނިންމައި މިއަހަރު ނިމޭހާތަނުގައި ބޭނުންކުރެވޭވަރު ވާނެކަމަށެވެ.

"އެއާޕޯޓު ފިނިހަކަ ދުވެލީގައި ހަދަމުން ދިޔައީ، އެކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ، އެހެންނަމަވެސް މިހާރު ވަރަށް ބާރު މިނުގައި އެމަސައްކަތް އެދަނީ ހިނގަމުން، 8 އެރޯ ބްރިޖު ހުންނަ އިރު، މަސައްކަތްކުރަނީ އެތަނުން މަދުވެގެން 3 އެރޯ ބްރިޖު ގެނެވޭނެ ކަމަށް އެމްއޭސީއެލުން ވިދާޅުވެފައިވޭ،"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އަދި މި ސަރުކާރުން އިއުލާނުކޮށްފައިވާ އެއަރޕޯޓް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ މެދަކާ ހަމައަށްދާއިރު އެއަރޕޯޓްގެ ޓަރމިނަލް އަދި ޓަރމިނަލްއާ ގުޅިފައިވާ މަސައްކަތްތައް އެކީ ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ޓާގެޓުކުރިން މިއަހަރު ނިމެންވާއިރަށް މަސައްކަތް ނިންމޭތޯ، މިއަންނަ އަހަރުގެ މެދަކާއި ހަމައަށް ދާއިރު، ޖުލައިމަހާ ހަމައަށްދާންވާއިރަށް އެ ޓާމިނަލްގެ މަސައްކަތްތަކާއި ގުޅިފައިވާ މަސައްކަތްތައް ނިންމާނަން،"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އައު ޓާމިނަލަކީ އިޤްތިސާދުގެ ވަރަށް ބޮޑު ދޮރާއްޓެއް ކަމަށާއި އެ ޓާމިނަލް ބޭނުން ކުރަން ފެށުމުން ރާއްޖެއަށް އިގްތިޞާދީގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ 78 ހާސް އަކަ މީޓަރުގެ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.