ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ޕީއެންސީ
ހަބަރު
24 Jun 2024 | 13:13
ސިޔާސީ ގޮތުން ބަދަލެއް ނުހިފާނަން، ފިޔަވަޅު އަޅާއިރު މޫނެއް ކަނދުރާއަކަށް ނުބަލާނަން: ރައީސް މުޢިއްޒު

ރައްޔިތުން ބޭނުންވިގޮތަށް މިގައުމުން ބަދަލު ހިފުމުގެ ރޫހު ނައްތާލެވިފައިވާ ކަމަށާއި، ސިޔާސީ ގޮތުން ބަދަލު ނުހިއްޕަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެއެވެ.

ރޭގައި ކުރިއަށްދިޔަ ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިޔަސް ހައްޔަރު ކުރާނެ މީހެއް ނުހުންނާނެ ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައިސް ފާއިތުވެގެން ދިޔަ  7 މަހުގެ ތެރޭގައި ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އެމަންަރު ނުފެންނާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިޔަސް ހައްޔަރު ކުރާނެ މީހެއް ނުހުންނާނެ. ސިޔާސީ ބަދަލުހިފުމެއް ނުހިފާނަން. ބަދަލު ހިފުމުގެ ރޫހު ނައްތާލަން ދިވެހި ރައްޔިތުން ބޭނުންވީ. އެކަން މިވަނީ މި ގައުމު މިހާރު ނައްތާލާފައި. ނުފެންނާނެ ބަދަލު ހިފުމުގެ ރޫހެއް މިގައުމަކުން. އަޅުގަނޑުމެންނާއެކީ ރައްޔިތުން ތިބިހާ ދުވަހަކުން މިގައުމުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ. ނުފެންނާނެ މިދަންނަވަނީ، ނުފެންނާނޭ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ބަދަލު ނުހިފި ނަމަވެސް، އަދުލު އިންސާފު ގާއިމު ކުރެވޭނެ ކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނާއި ވައްކަމާއި ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމަށް ފުރުސަތު ނޯންނާނެ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެކަންކަން އޮންނަ އުސޫލުގެ ތެރެއިން ބެލުމަކީ ބަދަލު ހިފުން ނޫން ކަމަށާއި، އެއީ އަދުލު އިންސާފު ގާއިމު ކުރުން ކަމަށެވެ. އެ އުސޫލުގެ ތެރެއިން ކުރީގެ ސަރުކާރުންނާއި ކުންފުނިތަކާއި އެނޫންވެސް އެހެނިހެން ފަރާތްތަކުން ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބަލައި، އަޅަން ޖެހޭ ފިޔަވަޅެއް އޮތިއްޔާ 'މޫނެއް ކަނދުރާއެއް' ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުޢިއްޒު ވަނީ ދެއްވާފައެވެ.

"އަދުލު އިންސާފު ގާއިމު ކުރެވޭނެ. ކޮރަޕްޝަނަކަށް ފުރުސަތެއް ނޯންނާނެ. ވައްކަމަކަށް ފުރުސަތެއް ނޯންނާނެ. އެކަންކުރާ މީހަކު ހެއްކާއެކީގައި އަޅުގަނޑު ކުރިމައްޗަށް މިހާރު ގެނަޔަސް އިސްވެ ފިޔަވަޅު އަޅާނަން އަޅުގަނޑު އެމީހާއި ދެކޮޅަށް."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކޮންމެ ކަހަލަ މާހައުލެއްގައި އެމަނިކުފާނަށް ނިސްބަތްކޮށް ފާޑުކިޔަސް މައްސަލައެއްނެތް ކަމަށާއި، އެއީ އެމަނިކުފާނަށް އާ ކަމެއް ނޫން ކަމަށެވެ. ހައްދަވާނީ ތެދުކަމަށާއި، ދެއްވާނީ ތެދު ޖަވާބުކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ އެކަމަށް ފާޑު ކިޔަން ބޭނުންވި ވަރަކަށް ފާޑު ކިޔޭނެ ކަމަށެވެ. ނަމަވެސް ފާޑު ކިޔުމުގައި ވެސް ތެދުބަހުން ވާހަކަދެއްކުމަށް ރައީސް ޑރ.މުޢިއްޒު ހިތްވަރު ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.