މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
25 Jun 2024 | 10:30
ޕީއެންސީ މެންބަރުންގެ ތާއީދާއެކު މަސްވެރިންނާބެހޭ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފި

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ވޭހާވެސް އަވަހަށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ހުށަހެޅި ކުއްލި މައްސަލަ ވެރިކަންކުރާ ޕީއެންސީގެ 66 މެންބަރުންގެ ތާއީދާއެކު މަޖިލީހަށް ބަލައިގެންފިއެވެ.

މަސްވެރިންނަށް ބާނާ މަހުގެ ފައިސާ ނުލިބޭ މައްސަލާގައި، އައްޑޫ މަސްވެރިން މުޒާހަރާވެސް ކުރަމުންދާއިރު، އެ މައްސަލާގައި އިދިކޮޅުގެ ފަރާތުން މަޖިިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަށް ފުރަތަމަ އެޖެންޑާ ކޮށްފައި އޮތީ އިއްޔެ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 ވަނަ ޖަލްސާއަށެވެ.

ނަމަވެސް މައްސަލަ ހުށަހަޅުއްވި މަރަދޫ ދާއިރާގެ މެންބަރު މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމުން އިއްޔެ މިމައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އެ މައްސަލަ މިއަދު އަލުން މަޖިލީހަށް ހުށަހަޅަން ފުރުސަތު ދީފައިވާއިރު، މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަ ބަލައިގަތުމަށް 74 މެންބަރުން ވޯޓު ދީފައުވާއިރު، ބަލައި ނުގަންނަން އެންމެ މެންބަރަކުވެސް ވޯޓް ދީފައެއް ނުވެއެވެ.

އަދި މައްސަލަ ބަލައިގަންނަން ވޯޓްދިން 74 މެންބަރުންގެ ތެރެއިން 66 މެންބްރުންނަކީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންކަން ފާހަގަކޮށްލަން ޖެހެއެވެ.

އަހުމަދު ދީދީ ހުށަހެޅުއްވި މައްސަލާގައި އޭނާ ވަނީ، އައްޑޫގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ ކަންބޮޑުވުން ހައްލުކޮށް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީއެންމެ އަވަހަށް ދިނުނަށް ގޮވާލާފައެވެ. އަދި މަސްވެރިންގެ މުޒާހަރާއަށް ފުލުހުން ހުރަސް ނޭޅުމަށްވެސް އާެނާ ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.