ޝަމްނާޒް ސަލީމް
ހަބަރު
28 Jun 2024 | 11:02
ޝަމްނާޒް ހައްޔަރުކޮށް، ތަހުގީގު ކުރަނީ ރައީސްގެ ދެކަނބަލުންނަށް ސިހުރު ހެދި މައްސަލައެއް!

އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހިމެނޭހެން އިތުރު ދެ މީހަކު ހައްޔަރުކޮށް ތަހުގީގުކުރަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި މައްސަލައެއް ކަމަށް ހާމަވެއްޖެއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާ ގުޅިގެން ޝަމްނާޒް އާއި އިތުރު ދެ މީހަކު ޖޫން 23 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށާއި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 7 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ނޫސްވެރިއަކު ވަނީ، ޝަމްނާޒް މެންނަށް ތުހުމަތު ކުރެވެނީ، “ރައީސުލްޖުމްހޫރިއްޔާ އާއި، ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއަށް ސިހުރު ހެދި ކަމުގެ މައްސަލައެއްތޯ، ތަހުގީގު ކުރެވެނީ އެކަމަށްތޯ އާއި ތުހުމަތު ކުރެވެނީ އެކަމަށްތޯ” ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފް ވަނީ ތަހުގީގު ކުރަމުންދަނީ “އެފަދަ” މައްސަލައެއްކަން ޔަގީންކޮށްދެއްވާފަ އެވެ.

"މީޑިއާއަށް ވެސް އެނގިފައިވާ ގޮތަށް އަޅުގަނޑުމެން ތަހުގީގު ކުރަމުން މިގެންދަނީ ހަމަ އެފަދަ ތުހުމަތެއް،" ޝަރީފް ވިދާޅުވި އެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ، އެ މައްސަލަ އަކީ ތަހުގީގީ މަރުހަލާގައި އޮތް މައްސަލައަކަށްވުމުން އެކަމާ ގުޅޭ އިތުރު ތަފްސީލު މިވަގުތަށް ހާމަކުރެވެން ނެތް ކަމަށާ ތަހުގީގު ފުރިހަމަކުރެވުމުން ހާމަކުރެވެން ހުރި މައުލޫމާތެއް ހާމަކުރައްވާނެ ކަމަށެވެ.  

ސިހުރު ހެދި މައްސަލައާއި ގުޅިގެން ޝަމްނާޒް މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އޭނާގެ ކުރީގެ ފިރިކަލުން ރަމީޒްވެސް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.