އެމްޖީ ފުޓްބޯޅަ ޓީމާއި ކޮން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު / ޝަމީލް އާދަމް
ކުޅިވަރު
28 Jun 2024 | 19:05
ޕެނަލްޓީގައި ކޮން ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ އެމްޖީ ފުޓްބޯޅަ ޓީމުން ހޯދައިފި

ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ސެމީފައިނަލް ދެވަނަ މެޗުގައި މިއަދު ހަވީރު އެމްޖީ ފުޓްބޯޅަ ޓީމާއި ކޮން ވާދަކުރިމެޗު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުން މޮޅުވެ،  އެމްޖީ ފުޓްބޯޅަ ޓީމު މުބާރާތުގެ ފައިނަލުން ޖާގަހޯދައިފިއެވެ.

އެމްޖީ ފުޓްބޯޅަ ޓީމު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކޮން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދޫ ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އަނެއް މެޗުން ބަލިވެ ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗުގެ ފުރިހަަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އިވެގެންނެވެ. 

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އެމްޖީ ފުޓްބޯޅަ ޓީމުގެ ޝައްފާން ހަލީމް، އަރުޝަން ރަޝީދު، އަހުމަދު މިފްރާހް އަދި ޝަނާން ރަޝާދު މި ހަތަރު ކުޅުންތެރިންގެ ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރިއިރު، ކޮންގެ ޖަލްވާން ޖައުފަރު ކުރިއަށް ފޮނުވާލި އެޓީމުގެ ފުރަތަމަ ޕެނަލްޓީ އެމްޖީ ފުޓްބޯޅަ ޓީމުގެ ކީޕަރު ދިފާއު ކުރިއިރު، އެޓީމުގެ ޝަނާން އަބްދުލް ލަތީފުގެ ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ނަމަވެސް އެޓީމުގެ އިސްމާއިލް ރަޔާން ކުރިއަށް ފޮނުވާލި ތިންވަނަ ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އެމްޖީ ފުޓްބޯޅަ ޓީމު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޖީ ފުޓްބޯޅަ ޓީމުގެ ޝަނާން ރަޝާދު އެވެ.

މުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ އެމްޖީ ފުޓްބޯޅަ ޓީމުން ފައިނަލުގައި ނުކުންނާނީ ވައިޕާސް އާއި ދެކޮޅަށެވެ. އެޓީމު ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އެސްޕީ ބަލިކުރުމަށްފަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު، 16:00 ގައެވެ.

މިމަހުގެ 20 އިން 30 އަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައިވާއިރު މިއަހަރުގެ މުބާރާތުގައި ހަ ޓީމަކުން ވަނީ ބައިވެރިވެފައިވެފައެވެ. އަދި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ހަޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. 

މިއަހަރުގެ މުބާރާތުގެ ޓްރަވަލް ޕާޓްނާއަކަށް މައިދޫ ސްޕީޑް އަދި ބެވަރޭޖް ޕާޓްނަރ އަކަށް އާރުވީ ސްޓޯރު ހަމަޖައްސާފައިވާއިރު، ޕްރިންޓިން ޕާޓްނަރަކީ ޔުނިކް އައިޑިއާ އެވެ. އަދި މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ