ވީއައިއޭގެ އައު ފަޔަރ ސްޓޭޝަން ނައިބު ރައީސް ހުޅުވައިދެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Jun 2024 | 11:05
ވީއައިއޭގެ އައު ފަޔަރ ސްޓޭޝަން ހުޅުވައިފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ފަޔަރ ސްޓޭޝަން ހުޅުވައިފިއެވެ.

ފަޔަރ ސްޓޭޝަން ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯސް މެޖާރ ޖެނެރަލް އިބްރާހީމް ހިލްމީ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އަދި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއޭސީއެލްގެ ކުރީގެ ފަޔަރ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނެވުނު ޚާއްސަ ސުކޫތަކަށް ފަހު ފެށިގެން ދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ކުރައްވާ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައި، ފަޔަރ ފައިޓަރުންނަށް ބޭނުންވާ ތަރައްޤީއާއި ވަޞީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

ނައިބު ރައީސް ގެ އިތުރުން، އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވަނީ ވީއައިއޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމާއި ދުރު ވިސްނުންފުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ. 

ހަމައެއާއިއެކު، ފަޔަރ ފައިޓަރުންގެ ޓީމްގެ ޤާބިލްކަމާއި އަލަށް ހުޅުވުނު ފަޔަރ ސްޓޭޝަނާއިއެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެކަން ފާހަގަ ކުރައްވަމުން ޝަރީފް ވަނީ މިއީ މިސަރަޙައްދުގައިވެސް އަންހެން ފަޔަރ ފައިޓަރުން ޚިދުމަތާއި ގުޅުނު ފުރަތަމަ އެއަރޕޯޓްކަމަށް ވިދާޅުވެ، އެބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

އަލަށް ހުޅުވިގެން ދިޔަ ފަޔަރ ސްޓޭޝަނާއި ގުޅޭ ގޮތުން، އެމްއޭސީއެލް އިން ބުނީ، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ އެއަރޕޯޓް ފަޔަރ ރެސްކިއުގެ ކެޓަގަރީ 9 ގެ އެއަރޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތް ހުޅުވިގެންދިޔަ މި އައު ފަޔަރ ސްޓޭޝަނުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތައް ކަމަށެވެ.

ޖުމްލަ 2230 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ފެސިލިޓީއަކީ ރަންވޭ، އިރުމަތީ އޭޕްރަން، ވޯޓަރ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފެސިލިޓީކަން އެމްއޭސީއެލް އިން ފާހަގަކުރިއެވެ.

އައު ފަޔަރ ސްޓޭޝަންގައި މުވައްޒަފުންނާއި، ތަމްރީންތަކަށް އަދި ކޮންޓްރޯލް ސެންޓަރު ހިމެނޭހެން 2 ފަންގިފިލާގެ އިމާރާތެއް ވަނީ ގާއިމު ކޮށްފައިވާއިރު، އެމްއޭސީއެލް އިން ބުނީ މި ސްޓޭޝަންގެ އިތުރުން، ކުރީގައި ބޭނުންކުރާ ފަޔަރ ސްޓޭޝަންގެ ޚިދުމަތްވެސް ދެމުން ދާނެ ކަމަށާއި، ޓެކްސީވޭ އަދި ހުޅަނގުފަރާތު އޭޕްރަން، އަދި އޮފީސް އިމާރާތްތަކުގެ އިމަރޖެންސީގައި ހަރަކާތްތެރިވާނީ ކުރީގެ ފަޔަރ ސްޓޭޝަނުން ކަމަށެވެ.

އަލަށް ހުޅުވިގެން ދިޔަ ފަޔަރ ސްޓޭޝަނަކީ ވީއައިއޭ ބޮޑުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް މިހާރު ކުރިޔަށްދާ މަޝްރުޢޫގެ ދަށުން އެންމެ ފަހުން ޚިދުމަތްދޭން ފެށުނު ތަނަށްވާއިރު، މި މަޝްރޫއުގެ ތެރެއިން މިހާތަނަށް އައު ކޯޑް-އެފް ރަންވޭ އަކާއި، އައު ސީޕްލޭން ޓަރމިނަލަކާއި، އައު ކަރގޯ ޓަރމިނަލަކާއި، އައު ވީ.އައި.ޕީ / ސީ.އައި.ޕީ ޓަރމިނަލަކާއި، އައު ފިޔުލް ފާމެއްގެ ޚިދުމަތްތައް ވަނީ ތަޢާރަފް ކުރެވިފައެވެ.

އެމްއޭސީއެލް ބުނީ މިއަހަރުގެ ނިޔަލަށް އައު ޓަރމިނަލްގެ ބައެއް ޚިދުމަތްތައް ފަށައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް