މެންބަރު ހަސަން ވަޙީދު: ފޮޓޯ/ މަޖިލިސް
ހަބަރު
01 Jul 2024 | 21:42
ވަކި ގައުމެއް ރުއްސަން، އެގައުމުން ދިން ކޮންމެ ލޯނެއްގައި، ހިފުމުގެ ނަތީޖާ މިއޮތީ ފެންނަން: ހަސަން

ފެންނަން މި އޮތީ ކުރީ ސަރުކާރުން، ވަކި ގައުމެއް ރުއްސަން ނެގުނު ލޯނުތަކުގެ ނަތީޖާ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަޙީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ވާހަކަފުޅު ދައްކަވަމުން، މެންބަރު ހަސަން ވަހީދު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުތަކުން ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ ބޮލުގައި އިންތިހާ ބޮޑު ދަރަނި އަޅާފައިވާ ކަމަށެވެ.

ހަސަން ވަހީދު ވިދާޅުވީ، ދައުލަތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަށް ރައްޔިތުން ދަރަނިވެރި ނުވާނެ ގޮތަކަށް އެކަންކަން ކުރަން ސަރުކާރަށް އެނގެންޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރަށް އެކަން ނޭނގޭކަން ހާމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަރަނި އިންތިހާއަށް ބޮޑު ވެގެން ދިޔަ އަނެއް ސަބަބަކީ އެއްވެސް ޓްރާންސްޕޭރެންސީ އެއް ނެތި ނިމިދިޔަ ސަރުކާރުން އެކަން ކުރުން. ވަކި ގައުމެއް ރުއްސަން އެގައުމުން "އާނ މިއޮތީ" އޭ ކިޔާފައި ދިން ކޮންމެ ލޯނެއްގައި ހިފުމުގެ ނަތީޖާ އެއޮތީ ފެންނަން.

މެންބަރު ހަސަން ވަޙީދު 

ހަސަން ވަހީދު ވިދާޅުވީ، އެ ލޯނުތައް ނަގައިގެން ނިންމުނު މަސައްކަތެއް ނެތް ކަމަށާއި، ފެންނަން އޮތީ ކަރުދާހުން ފެންނަން އޮތް ދަރަންޏާއި، އެ ސަރުކާރުން ލޯނުތައް ނަގައިގެން ލޯނުތަކުގެ ފައިސާ ހަވާލުކުރި އިދާރާތަކާއި ކުންފުނިތަކުގެ ވެރިންގެ މުއްސަނދި ދިރިއުޅުން ކަމަށެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަކީ ވަށާޖެހޭ ބިލެއް ކަމަށާއި، އަންނަން އޮތް ޖީލުތަކުގެ ރައްކާތެރިކަމަށް މުހިންމު ބިލެއް ކަމަށް ވެސް ހަސަން ވަހީދު ވިދާޅުވިއެވެ. އަދި ބިލު ހުށަހެޅުއްވި ކަމަށްޓަކައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ