މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް: ފޮޓޯ/ މަޖިލިސް
ހަބަރު
02 Jul 2024 | 10:13
މަޖިލީހުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތް ކުޑަކުރާކަށް ނުފެނޭ: ޤާސިމް

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރައާއި ޢިނާޔަތް ކުޑަކުރުމަށް ނުފެންނަ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރެއްވަމުން ޤާސިމް ވިދާޅުވީ މެންބަރުންނަށް ދެ ދައުރަށްވުރެ ގިނަ ދައުރު އަދާ ނުކުރެވޭ ގޮތަށް ހެދުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނ ކަމެއް ނޫން ކަމަށާ އެކަމާ އޭނާ ދެކޮޅުހައްދަވާ ކަމަށެވެ.

މަޖިލިސް މެންބަރުންނަށް ދެ ދައުރު އޮތުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއްނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެއާ އަޅުގަނޑު ކަނޑައެޅިގެން ދެކޮޅު. އަދި ހަމަ އެހެންމެ މިއަދު މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ ކުރަންވެސް އަަޅުގަނޑަށް ނުފެންނަ ކަމަށް، އަދި ޢިނާޔަތްތައްވެސް ކުޑަ ކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން

ޤާސިމް އިބްރާޙީމް

ޤާސިމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުކަތެއް ކަމަށްވާއިރު، މިހާރު މެންބަރުންނަށް ލިބޭ މުސާރައާއި ޢިނާޔަތްތައް އޮތީ ޔުނިޓަރީ ދައުލަތެއްގައި އޮންނަންޖެހޭ އެންމެ ރަނގަޅު މިންވަރުގައެވެ.

މީގެ އިތުރުން، ޤާސިމް ފާހަގަކުރެއްވި ގޮތުގައި މަޖިލިސް މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސެއް ލިބޭކަމަށް އޮތް ނަމަވެސް އެވަރަށް ނުލިބެއެވެ. 

މަޖިލިސް މެންބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގު ގޮތުގައި އަތަށް ލާރިއެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫން. ދައުލަތުގެ އެހެން ވުޒާރާތަކާއި ކުންފުނިތަކާއި ތަންތަނުގެ ވެރިންނާއު އަދި އެތަންތަނުގެ މުވައްޒިފުންނަށް ލިބޭ ފަދައިން ފައިސާ އަތުގައި ޖެހޭ ބައެއް ނޫން މަޖިލިސް މެންބަރުންނަކީ 

ޤާސިމް އިބްރާޙީމް

ގާސިމް އިތުރަށް ވިދާޅުވިގޮތިގައި، ގާނޫނުގެ ކުރިމަތީގައި އެންމެނަށް ހަމަހަމަ ފުރުސަތާއި، ހައްގު ތަކާއި އަދި ބައިވެރިވުންވެސް އޮންނައިރު، އެ ތިން ކަން ދާންވާނީ އެއްކޮށް ކަމަށެވެ. އެގޮތުން، ހަމަހަމަ ފުރުސަތު ލިބެންޖެހޭނީ، ބައިވެރިވުންވެސް އޮންނަ ކަމަށްވާނަމައެވެ. 

އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށްތޯ އުމުރުން ދުވަސްވެގެން ނޫނީ އަނެއް ކަމެއް ވެގެން، ނޫނީ އެންމެ ބޮޑު ޚިދުނަތެއް ކުރާ މީހާއަށްތޯ ދައުލަތުން އެހީތެރިކަމެއް ލިބެން ނުޖެހެނީ. ނޯ.. އަޅުގަނޑު ދެކޮޅު އެކަމާ. ގާނޫނު އަސާސީގައި ބުނަނީ އީކުއަލް ޕާޓިސިޕޭޝަންސް އޭ. އީކުއަލް ރައިޓްސް އޭ. އީކުއަލް އޮޕޮޗުނިޓީ އޮންނަންވާނެ. މި ތިނެތި ދާންޖެހޭނީ އެއް މަގަކަށް. 

ޤާސިމް އިބްރާޙީމް

މިއާއެކު ގާސިމް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު އާބާދީއަށް ބަލައިގެން ކަނޑައެޅުމުގެ ބަދަލުގައި ދާއިރާ ތަކަށް ބަހާލައިގެން ވަކި އަދަދަކަށް ދާއިރާތައް ބަހަށްޓައިގެން ކަނޑައެޅުމަށް ލަފާ ދެއްވާފައެވެ. 

މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކުރަން ނުފެންނަ ކަމަށް ޤާސިމް ވިދާޅުވާއިރު، މެންބަރުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައު، 42،500، ލިވިންގ އެލަވަންސްގެ ގޮތުގައި 20،000 އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ހިމެނޭހެން އެކު ޖުމްލަ މަދުވެގެން 82،500 ރުފިޔާ ކޮންމެ މަހަކު ގެއަށް ގެންދަން ލިބެއެވެ. މީގެ އިތުރުންވެސް ބޭސްފަރުވާ އާއި އެހެނިހެން ވެސް އާއްމު ރައްޔިތުންނަށް ނުލިބޭ އެތަށް ފަސޭހަތަށް އެ މެންބަރުންނަށް ލިބެއެވެ. 

ކޮމެންޓް
ވ
އަދި ކުޑަކުރަށްނުފެންނަކަމަށް ބުނަނީވެސް އެއްމެފައިސާ ގިނަ މަހުޖަނު ރައްޔިގުންގެ އާމުރައްޔިތުންގެ މަދަދު ގާރަކީ ކޮބާބަ
02 Jul 2024
ރާއްޖެތެރެ
މަޖިލިސް މެމްބަރުން މުސާރަ 5 ގުނަ ބޮޑު ކޮށްފާ ނިކަމެތިންނަށްދޭ ސަބުސިޓީ އާސަންދަ ކަނޑާލަންވީ ފަގީރު މަހުޖަނު އަދިވެސް ދެތިން އަނބިިއިތުރުކުރަން
02 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.