މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
03 Jul 2024 | 10:33
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަ ކުރަން ގޮވާލި މައްސަލަ ބޭރުކޮށްލައިފި

މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ގޮވައިލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް 56 މެންބަރުން ވޯޓް ދީފައިވުމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނީ،  ބުނީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުގެ ދަށުން އެކިއެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާ ކަމަށެވެ.

އަދި ރައީސްގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ)ން ރައީސަށް ދީފައިވާ އިހުތިޔާރުގެ ބޭނުންހިފައި، ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށްފައުވާ ކަމަށްވާއިރު،  މުސާރައިގެ ގޮތުގައި އެ އިދާރާތަކާ ކުންފުނިތަކުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވެ އެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ސިޔާސީ މަގާމުތަކުގެ އަދަދުތައް ސާފުކޮށްދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރަށް ދެންނެވުމުން ވެސް އެ މައުލޫމާތު ކޮމިޓީއަށް ފޯރުކޮށްދީފައި ނުވާ ކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

މި ކަމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށް، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުމުވުމަށް މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބް އަދާކުރުމަށް ހުރަސްއެޅޭ ކަމެއް

މީކާއީލް ނަސީމް 

އޭގެއިތުރުން، ނޫސްވެރިންނާ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ނަމަވެސް، ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ ރަސްމީ އަދަދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމްލަ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

އެމްޑީޕީން މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ސަރުކާރުން 2،000އަށް ވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކޮށް، 700 މިލިއަން ރުފިޔާ މުސާރަ ދިނުމަށް މަހަކު ޚަރަދު ކުރަމުން އަންނަ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
30 Jun 2026
މަގުތައް ހަދާ ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ: މިނިސްޓަރު
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
30 Jun 2026
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭއާއީ ޓީމުގެ ޗާޓާ ފްލައިޓް ކެންސަލްކޮށްފި
ގްރޫޕް ސްޓޭޖުން ކެޓުމުން އުރުގުއާއީ ފުޓުބޯޅަ ފެޑެރޭޝަނުން ޤައުމަށް ދިއުމަށް ހަމަޖައްސައިފައިވި ޗާޓާ ފްލައިޓް ކެންސަލްކޮށް ކުޅުންތެރިންނަށް ކޮމާޝަލް ފްލައިޓްތަކުން ދަތުރުކުރަން ޖެހުނެވެ.
30 Jun 2026
ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.