މަޖިލީހުގެ ޖަލްސާއެއްގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
03 Jul 2024 | 12:42
އެމްޑީޕީ ސަރުކާރުން ކަންކަން ކުރި ގޮތުގެ ވާހަކަ ދެއްކީމާ އޭގަ މަތިޖަހަން އުޅުނީމާ ކަމަކު ނުދާނެ: ޤާސިމް

އެމްޑީޕީ ސަރުކާރުން ލޯނުތައް ނަގައި ދައުލަތް ދަރުވާލި ގޮތުގެ ވާހަކަ ދެއްކުމުން އޭގަ މަތިޖަހަން އުޅުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ދަރަންޏަށް ޒިންމާވުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ގާސިމް ވަނީ ކުރީ ސަރުކާރޭ ނޫނީ މި ސަރުކާރޭ ކިޔައި ސަރުކާރުގެ ބޮލުގައި ތުހުމަތުތައް އެޅުމުގެ ބޭނުމެއް ނެތް ނަމަވެސް،  މިހާތަނަށް އެންމެ ގިނަ ލޯނު ނަގާފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުންކަން ފާހަގަކުރައްވައި އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުން ވެފައިވާކަން ފާހަގަކުރައްވާފައެވެ.

ޝޯޓް ޓާމް ލޯނު، ބޮޑު އަދަދު އަދަދުން ނަގާފައިހުރީ ކާކު؟ އެންރޯލް ކޮށްފައި ހުރީ ކާކު؟ ސުކޫކަށް ނަގާފައި ހުރި ލާރި؟ އެއީ ޕީޕީއެމް ސަރުކާރުން ނެގި އެއްޗެއް ކަމަށްވިޔަސް އޭތި އެންރޯލް ކުރީ ކާކު؟ އާދެ މިދިޔަ ސަރުކާރުން. އެމްޑީޕީން. 200 މިލިއަން ޑޮލަރު. އޭގެ ފަހުން، އެމީހުން ނަގާފައި ހުރި 200 މިލިއަން ޑޮލަރު 2025 ގައި ހަމަ ވަނީ. އެހެންވީމާ އެވާހަކަ ދައްކަން އަޅުގަނޑުމެނެ ފެށީމާ، އެކަމުގައި މަތި ޖަހަން އުޅުނަސް ކަމަކު ނުދާނެ. އެވާހަކަ ދައްކަން އެބަޖެހޭ.  

ޤާސިމް އިބްރާހިމް

ޤާސިމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބާ ދިމާކޮށް ފެނަކަ އާއި ސްޓެލްކޯއިން ހައްދެއް ނެތި، މީހުންނަށް ވަޒީފާ ދިން ކަމަށާއި، މަސް ދޯނިފަހަރުށް މަހަށް ދިޔަ ޒުވާނުންނަށްވެސް އެތަންތަނުން ވަޒީފާ ދިނުމުން މަސް ދޯނިތަކަށް މަހަށް ނުފުރިފައި ތިބި ކަމަށެވެ.

އެހެންކަމުން، މި ސަރުކާރުން ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާ ތަކުގައި ސިޔާސީ މަގާމު ތަކަށް ނެގުމުން އެވާހަކަ އެމްޑީޕީން ދައްކާނެ ކަމެއް ނެތް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. 

ކޮމެންޓް
ޖުމެއިލް
ކުރީގެ ވާހަކަ ކިޔައިދޭންތަ މަޖިލީހަށް ތިއައީ. ވައުދުތައްވެގެން. މިހާރު އަހަރެމެންނަށް މިފެންނަނީ މަތިއަޅާ އޮޅުވާލައި ކަންކަމަށް ނުކުޅެދިގެން އުޅެނީ ތިޔަބޭފުޅުންހެން. ދަރަނި އޮތްކަން އެނގިއެއްނޫންތޯ ...
03 Jul 2024
އިއްބެ
ކަމުދާނީކޮއްމެވެރިކަމެއްގައިވެސް ޤާސިމުބޭނުންވާހައިއެއްޗެއްދިނީމައި ޤާސިމަކީރަނގަޅު އަދިރައްޔިތުންނަށްހެޔޮއެދޭ މީހެއްނަމަ މުސާރަތައްކުޑަކުރަންއެއްބަސްވީސް
03 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.