ފުލުހުން މީހާ ހައްޔަރު ކުރަން މަސައްކަތް ކުރަނީ
ހަބަރު
05 Jul 2024 | 10:27
މީހަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހްގީގު ކުރަނީ

މީހަކު ހައްޔަރު ކުރުމުގައި, ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އެމީހާއާމެދު އަނިޔާވެރި ގޮތަކަށް އަމަލު ކުރިކަމަށް ބެލެވޭ ވީޑިއޯއެއް އާންމުވުމުން އެމައްސަލަ ތަހްގީގު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުވައްމުލަކު ސިޓީގެ ދެ ފުލުހުން މީހަކު ހައްޔަރު ކުރުމުގެ ތެރެއިން އެމީހާއަށް އަނިޔާވެރިވެފައިވާތަން ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އިއްޔެ ވަނީ ދައުރުވެފައިވެއެވެ.

އެގޮތުން އެ ވީޑިއޯގައި ކުށުގެ ތުހުމަތެއްގައި މީހަކު ހައްޔަރު ކުރުމަށް ދެ ފުލުހުން ހަރަކާތްތެރިވާއިރު، އޭގެ ތެރެއިން އެއް އޮފިސަރަކު، ހައްޔަރުކުރަން އުޅުނުމީހާގެ ކަރާއި ދިމާލަށް އެއްފައި އަދި އަނެއްފައި ބަނޑުމަތީގައި އަޅައިގެން އޭނާގެ ގައިމަތީ އިށިންދެގެން އިންނަތަން ވީޑިއޯއިން ފެނެއެވެ.

މިކަމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ އެއްވެސް އަމަލަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ހަމަތަކުގެ ތެރެއިންނާއި އެ ހިދުމަތުން ބަލައިގަންނާނެ އަމަލެއްނޫންކަމަށެވެ.

އަދި ހިއުމަން ރައިޓްސް ކޮމިޝަން މެދުވެރިކޮށް މިހާދިސާ އިތުރަށް ބެލުމަށް ފުލުހުންގެ ފަރާތުން އެދޭނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ކޮމެންޓް
ސާކިރުބެ
އަޖައިބުވެދާނެ ދުނިޔޭގެއެއްވެސްތަނެއްނުފެއްނަބައެއްމީ ކުއްކުރީމައަދަބުނުދެވޭ ކުއްވެރިއާގެހައްގު އަބަދު ހީހީހަލާކުވެދާނެ
05 Jul 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.