ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ޕީއެންސީ
ހަބަރު
08 Jul 2024 | 09:27
އެމްއެމްޕީއާރުސީ މައްސަލަ ބަލާނަން؛ ގެއްލުނު ފައިސާ ހޯދައި، ވައްކަން ކުރި މީހުންނަށް އަދަބު ދޭނަން: ރައީސް

ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާ ހޯދައި، ވައްކަން ކުރި ފަރާތްތަކަށް އަދަބު ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވުނު ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ އެކި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލައި، އެކަން ކުރި ފަރާތްތައްކަށް ޙައްގު އަދަބުދީ އެ ފައިސާ އަނބުރާ ހޯދަން ޖެހޭ ކަމަށެވެ.

އަދި އެކަމަށްޓަކައި ފާއިތުވި ސަރުކާރު ތަކުން ރިޔާސީ ކޮމިޝަނެއް ހަދައި އެތަނަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާ ކަމަށާ އެހެން ނަމަވެސް، ގެއްލިފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް އަނބުރާ ނުހޯދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ހުރި ޤާނޫނުތަކުން ދައުލަތުގެ ހަޒާނާއިން ގެއްލިފައިވާ ފައިސާ ހޯދުމަށް ދަތިތައް އެބަހުރި ކަމަށާއި އެހެންކަމުން، އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް ހަދަން ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ، އެހެން ޤައުމުތަކުގެ މިކަންކުރާ އިންޓަނޭޝަނަލް ބޮޑީތަކުގެ ރިކޮމެންޑޭޝަނަށް ބަލައި، އެއާ އެއްގޮތަށް މި ބިލް ތައްޔާރުކުރެވޭނީ. އޭރަށް އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައިވާ ފައިސާއެއް ނޫން. ރާއްޖޭން ބޭރަށް އެއްޗެއް ގެންގޮސްފައި ހުރިއްޔާ އެ އެއްޗެއްވެސް ހޯދުމުގައި މިހާރަށްވުރެ ފަސޭހަވެގެންދާނެ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ ހޯދަން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިފައިވާ ފައިސާގެ މައްސަލަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް ޙައްގު އަދަބުދީ، އެ ފައިސާ އަނބުރާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

"އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، އެ މީހަކަށް ދޭން ޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ، އެ ފައިސާ ރައްޔިތުންނަށް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އެއީ ރައްޔިތުންގެ މުދާ، އެއީ ރައްޔިތުންގެ ފައިސާ. އެ ފައިސާ ހޯދައި މިދެންނެވި އެސެޓް ރިކަރަވަރީ ޤާނޫނު ތައާރަފުކޮށް އަދި ދެންވެސް އެކިއެކި ވައްކަންތަކުގައި ރައްޔިތުންގެ އަތުން ގެންގޮސްފައިވާ އެކިކަހަލަ މުދާތައް އަނބުރާ ހޯދުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް،" 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެކަމުގައި ބައިވެރިވި މީހެއްކަން ސާބިތުކުރެވެން ޖެހޭނީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.