ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: ފޮޓޯ/ މަޖިލިސް
ހަބަރު
08 Jul 2024 | 10:42
ސަރުކާރު ސްކީމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުދޭކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށްހެޅުއްވި މި ކުއްލި މައްސަލައަށް ބަހުސްކުރުމަށް ނެގި ވޯޓުގައި 59 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

ނާޒިލްގެ އެ މައްސަލާގައި ބުނެފައި ވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ، 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ސްޓޫޑެންޓް ލޯނުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ ފައިސާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ޖަމާކޮށް ނުދޭ ކަމަށާ، އެކަމުގެ ސަބަބުން ކޯސް ފީ ނުދެއްކިފައި ދަރިވަރުން ތިބިއިރު އެކަމާ ގުޅިގެން އެ ދަރިވަރުންނަށް ކޮލެޖް/ ޔުނިވަސިޓީތަކުން އިންޒާރުދީ 'ބްލެކްލިސްޓް' ކުރާ ހިސާބަށް މައްސަލަ ގޯސްވެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޭން ޖެހޭ ފައިސާ ޖަމާ ނުކޮށްދޭތީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ، ޔުނިވާސިޓީ ނުވަތަ ކޮލެޖަށް ދައްކަން ޖެހޭ ކޯސް ފީ ނުދެއްކި، އެކުދިންނަށް ޔުނިވާސިޓީ ނުވަތަ ކޮލެޖުން އިންޒާރުދީ އެކުދިން ބްލެކްލިސްޓް ކުރާ ހިސާބަށް މައްސަލަ ވަނީ ގޯސްވެފައި.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

މީގެ އިތުރުން ދަރިވަރުން ދިރިއުޅޭ ތަންތަނުގެ ކުލި ނުދެއްކިގެން އެތަންތަން ހުސްކުރަން ޖެހި އެ ދަރިވަރުން މަގުމަތިވުމުގެ ބިރުވެސް އެބަ އޮތްކަމަށް ނާޒިލް ވިދާޅުވި އެވެ.

އެ ކުދިން ދިރިއުޅޭ ތަން ހުސްކުރަން އަންގައި، އެ ކުދިން މަގުމަތިވުމުގެ ބިރު އޮތްއިރު، އަދި އާއިލާއާ ދުރުގައި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާއިރު، އެކުދިން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ވެސް ނުކުރެވި އެކި ފަރާތްތަކަށް އެހީއަށް އެދި ސަލާމްޖަހަން ޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެ ކުދިންގެ އާއިލާއިން ގޮސްފައިވޭ

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލް ތުހުމަތުކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ތިޖޫރި ހުސްކުރަނީ ސަރުކާރުގެ ވެރިންގެ ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރި ކުރުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.