ވަޒީރު މުޙައްމަދު ސައީދު-- ފޮޓޯ: ވޮއިސް
ހަބަރު
08 Jul 2024 | 15:01
ދެން މި ރާއްޖެއަކުން ތަހައްމަލު ނުކުރެވޭ ދަރަންޏެއް ނުއުފައްދާނަން: ވަޒީރު ސައީދު

ރާއްޖެ އަށް ތަހައްމަލު ނުކުރެވޭވަރުގެ ދަރަންޏެއް ނުއުފައްދަވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވަމުންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަޒީރު ސައީދު ވިދާޅުވީ، ރާއްޖޭގެ ރޭޓިން ބީ-ޕްލަސްއިން ސީ.ސީ.ސީ-މައިނަސްއަށް ދިޔައީ ބެލުމެއް ނެތި ނެގި ދަރަނިތަކުގެ ސަބަބުން ކަމަށެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އިޤްތިޞާދީ ރޭޓިން މިހާ ދަށްވުމަށް މި ސަރުކާރުން ކުރި ކީއްތޯ ސުވާލުއުފައްދަވަމުން ވަޒީރު ސައީދު ވިދާޅުވީ، މިއަދު ތިބި ދަތި ޙާލަތަށް ވައްޓާލީ ނިމުނު ސަރުކާރުގައި ޒިންމާދާރުކަމެއްނެތި ކޮށްފައިވާ ކަންކަމުން ކަމަށެވެ.

އިޤްތިޞާދީ ރިފޯމް މަސައްކަތުގައި ރައްޔިތުންނަށް ބުރައަކަށް ނުވާގޮތަށް ލޯނާއި މާލީ އެހީތެރިކަން ހޯދުމަށް އިސްކަން ދެއްވި ނަމަވެސް، މިއީ ލޯނާއި ދަރަނި ނެގޭ ޙާލަތުގައި ރާއްޖެ އޮތް ވަގުތެއް ނޫންކަމަށާއި، މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ކުރަމުންދާ މަސައްކަތަކީ ބޭރުގެ މާލީ އިދާރާތަކަށް މިވަގުތަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު އަދި 1 ބިލިއަން ޑޮލަރުގެ ދަރަނި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ނާންނާނެގޮތަށް އަދި ވިޔަފާރިވެރިންނަށް ހުރަހެއް ނާންނޭގޮތަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ދެން މި ރާއްޖެއަކުން ސަސްޓެއިން ނުކުރެވޭ ދަރަންޏެއް ނުއުފައްދާނަން. ދެން އުފައްދާނީ އިންކަމްއާއި ގުޅޭ ދަރަނި. އޭރުން ވިޔަފާރިތައް އިތުރުވެ ވަންނަ އާމްދަނީ އިތުވެ، އިޤްތިޞާދީ ބުރަ ކުޑަވާނެ." 

ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި މި ރާއްޖެ  މި ރާއްޖެ ނުދަރާނެކަމަށާއި، ރާއްޖެ އިސްތިޞާދީ ގޮތުން ކުރިއަށްދާނެ ކަމަށެވެ. އަދި ބޮލަކަށްޖެހޭ އާމްދަނީވެސް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށާއި، ވަޢުދުތައްވެސް ފުއްދަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ކުނިބެ
ތީ ބިލާހެއް، މުއިޒު ސަރުކާރެއްގެ ތިކަން ނުވާނެކަމަށް ހީކުރުމަކީ މޮޔަކަމެއް
08 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.