މ.މުލީ -- ފޮޓޯ: އިމްތިޔާޒް އަފީފް
ހަބަރު
18 Jul 2024 | 15:10
މުލީ ކަރަންޓު މައްސަލަ: އާ ޖަނަރޭޓަރެއް އިންސްޓޯލްކޮށް ކަރަންޓު ދިނުމަށް މަސައްކަތްކުރަނީ

މ.މުލީގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެރަށަށް އާ ޖެނެރޭޓަރެއް ގެންގޮސް، އެ ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ފެނަކަ އިން ބުނެފިއެވެ.

މުލީގެ ކަރަންޓަށް މައްސަލަ ދިމާވިތާ 24 ގަޑިއިރުވެފައިވާއިރު، މިކަމާއިގުޅޭގޮތުން ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މުލީގައި ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށެވެ.

މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިން ވަގުތުން ފަށާފައިވާ ކަމަށާއި، މިވަގުތު އެރަށަށް 600 ކވ ގެ އައު ޖަނަރޭޓަރެއް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާކަމަށް ވެސް ފެނަކައިން ބުނެއެވެ.

މި ހާލަތުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ފެނަކައިން ވަނީ މަޢާފަށް އެދިފައެވެ.

މިކަމާއި ގުޅޭ ގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން، މުލީ ކައުންސިލްގެ ރައީސް ޝައްމޫން ރަމީޒް ވިދާޅުވީ، ކަރަންޓު ދިޔައީ އިއްޔެ ހެނދުނު 8:15 ހާއިރު ކަމަށާއި، އަތޮޅު ހޮސްޕިޓަލް ފިޔަވާ ހުރިހާ ތާކުން ކަރަންޓު ކެނޑިފައިވާއިރު، އޭގެ ފަހުން ބައި ގަޑިއިރުން އެކި ހިސާބުތަކަށް ދޫކުރާކަމަށެވެ. 

އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުން އައީ 500 ކިލޯވޯޓާއި، 450 ކިލޯވޯޓް އަދި 600 ކިލޯވޯޓްގެ ޖަނަރޭޓަރތަކެއް ބޭނުންކޮށްގެން ހިދުމަތް ދެމުންއައިރު، ޝައްމޫން ވިދާޅުވީ، މައްސަލަ ދިމާވީ ލޯޑު ބޮޑުވެގެން ކަމަށެވެ.

އެކަމާއި ގުޅިގެން، އޮފީސްތަކުން ހިދުމަތް ނުދެވޭކަމަށާއި، ސްކޫލްވެސް ބަންދުކޮށްފައިވާ ކަމަށާއި، ފިހާރަތަކަށް ވެސް ގެއްލުން ލިބޭނެކަމަށް ލަފާކުރައްވާކަމަށް ޝައްމޫން ފާހަގަކުރެއްވިއެވެ.

" ފިހާރަތަކުގެ ފިނި އެއްޗިއްސަށް، ފިނި އެއްޗިއްސަށް ގެއްލުންވާނެ ކަމަށް މި ބަލަނީ. އަދި މީހަކު ސީދާ ރިޕޯޓް ނުކުރިޔަސް ގިނައިރުވަންޏާ ގެއްލުންވާނެ. އިއްޔެ ހެނދުނުއްސުރެ ކަރަންޓެއް ނާދޭ. ބައި ގަޑި އިރުން ބައި ގަޑިއިރުން ދޫކޮށްލިޔަސް ރެފްރިޖަރޭޓަރުތަކަށް ކަރަންޓެއް ނާންނާނެއެއްނު."

ޝައްމޫން ވިދާޅުވިއެވެ.

މައްސަލަ ހައްލުކުރެވޭނެ ވަގުތެއް ސާފުކުރުމަށް އެ ރަށުގެ ފެނަކަ އިންޖީނުގޭގެ މެނޭޖަރަށް ގުޅުމުން ޖަވާބު ނުދެއްވާތީ އެކަން ސާފުވާގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.