އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
ހަބަރު
23 Jul 2024 | 10:00
ފެންވަރު ރަނގަޅު ބޭސް ބަލްކްކޮށް ގެންނަން ފެށުމަކީ ރައީސް އެޅުއްވި ހިތްވަރުގަދަ ފިޔަވަޅެއް: ހީނާ

ފެންވަރު ރަނގަޅު ބޭސް، ބަލްކުކޮށް ގެންނަން ފެށުމުން، ބޭހުގެ އަގު ހެޔޮވެ، އާސަންދައިން ބޭހަށް ކުރާ ޚަރަދުވެސް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ޔޫރަޕުގައި ބޭނުންކުރާ ފެންވަރުގެ މޮޅު ބޭސް އެތެރެކޮށް އަގުތައް ކޮންޓްރޯލްކުރުމުގެ ސިޔާސަތު ތަންފީޒުކުރަން އިއްޔެ ވަނީ ފަށާފައެވެ. 

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކޮލިޓީ ބޭސް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމަށެވެ. އަދި އެ ނިޒާމް އެފަދައިން ބައްޓަންވެގެން ދިޔުމަކީ ދައުލަތަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. 

އެގޮތުން ދައުލަތުން އާސަންދައަށް ކުރާ ޚަރަދު އަހަރުން އަހަރަށް އިތުރު ވަމުންދާއިރު އޭގެން ގާތްގަނޑަކަށް 50 އިންސައްތައަކީ ބޭހަށް ކުރާ ޚަރަދުކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، ބަލްކުކޮށް ބޭސް ގެންނަން ފެށުމާއެކު، އާސަންދައިން ބޭހަށް ކުރާ ޚަރަދު ވަރަށް ބޮޑު ތަން ކުޑަކުރެވިގެންދާނެ ކަމަށެވެ.

މިސާލަކަށް ޑައިބެޓިކް މީހުންނަށް ބޭނުންކުރެވޭ އިންސިޔުލިން. މިއީ މިހާރު މާކެޓްގައި ވަރަށް އަގުބޮޑުކޮށް ލިބެން ހުންނަ ބޭހެއް. މިސާލަކަށް ޓައިޕްވަން ޑައިބެޓިކް ޕޭޝަންޓުން ބޭނުންކުރާ ބޭހެއް. 316 ރުފިޔާއަށް މިވަގުތު މާކެޓްގައި ހުރީ. އެކަމަކު ބަލްކް ޕްރޮކިޔުމަންޓްގެ ތެރެއިން އެބަ އާދޭ 86 ރުފިޔާ. އޭގެ އިތުރުން 228 ރުފިޔާއަށް ހުންނަ ބޭހެއް. 55 ރުފިޔާއަށް ތިރި ކުރެވޭ. އެހެންވީމާ ހަގީގަތުގައި އަގުތަކަށް މި އަންނަނީ ހީވެސް ނުކުރާކަހަލަ، ހަރުދަނާ ތަފާތު ބަދަލުތަކެއް. 

ހީނާ ވަލީދު

ނަތީޖާއެއްގެ ގޮތުން، އާސަންދައިގެ ތެރޭގައި ހުރި ލީކޭޖްތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް ލުއިތަކެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ނިޒާމް ހިންގުމަށް މަގުތަކެއް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއީ ކޮލިޓީ ބޭސް ރައްޔިތުންނަށް ލިބުމާއި، ހެޔޮ އަގުގައި ބޭސްފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑަޅުއްވާފައިވާ ސިޔާސަތުގެ އިތުރުން، އެބަހުރި ރާއްޖޭގެ އެކި ނިޒާމުގައި ދުވަސްވީ މިގޮތަށް، ހައްލުކުރަން ބޭނުންވެ އެކަމަށް ފިޔަވަޅު ނޭޅި މުހިންމު ކަންތައްތަކެއް އެބަހުރި. އެހެންވީމާ އެކަންކަން ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން އެމަނިކުފާނު އިމްޕްލިމަންޓް ކުރައްވާ، ހާއްސަކޮށް މި ކަމަކީ އެމަނިކުފާނު ތަންފީޒު ކުރެއްވި ވަރަށް ބޯލްޑް ޑިޒިޝަނެއް

ހީނާ ވަލީދު

އިއްޔެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓްގެ ދަށުން ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ބަލްކްކޮށް ބޭސް ގަނެ ރާއްޖެ ގެނައުމަށް ވަނީ ފަށާފައެވެ.

އެ ގޮތުން، މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދެނީ ޑަބްލިއު.އެޗް.އޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ، އަދި ޔޫއެންޑީޕީއާއި އެމްއެފްޑީއޭގެ ކޮލިޓީ މިންގަނޑުތަކުން ފާސްވާ ބޭސްތަކަށް ކަމަށްވެސް އެމްއެފްޑީއޭ އިން މައުލޫމާތު ދެއެވެ. 

އެމްއެފްޑީއޭ އިން އިތުރަށް ހާމަ ކުރެއްވި ގޮތުގައި، ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިތަކުން ގަންނަ ބޭސްތަކެވެ. މިގޮތުން، ބޭހަށް ކުރާ ޚަރަދު ކުޑަވެ، ބޭހުގެ އަގު ތިރިކުރުމަށް މަގުފަހިވާނެއެވެ.

މި ސިޔާސަތު އިއްޔެއިން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވާއިރު، މި ސިޔާސަތު ތަންފީޒު ކުރަން ނިންމާފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން އިއްޔެއިން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފުރަތަމަ ތަޢާރަފުކުރެވޭ 7 ބޭސް ލިބެން ފަށާނެއެވެ.

މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު، ނަތީޖާއެއްގެ ގޮތުން އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އަދި ބޭހަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ސިއްޙީ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
އިއްބެ
އެކަންއެނގިކަށަވަރުވާނީ ހިގަންފެށީމައި
23 Jul 2024
ގުޅޭ ލިޔުންތައް
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމުން ވަނީ 324 ކިލޯގެ ޑްރަގް އަތުލައިގެންފައި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު ކުރީ ދައުރުގެ ދެ އަހަރާއި ބަޔަށް ވުރެ 31 އިންސައްތަ އިތުރެވެ.
29 Jun 2026
ކަޓަރަކުން މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލަ: ތިން މީހަކު ދިގު މުއްދަތަށް ޖަލަށް
މި މީހުންގެ ތެރެއިން ސާއިފް ވަހީދު 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ނައުޝާދު އާއި އަލީ ސާމީ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
29 Jun 2026
ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.
29 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޭނި ލަންކާގެ މަސްބޯޓް ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް
މި ހުކުމްގައި ވަނީ ލަންކާގެ އެ މަސްބޯޓު ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީވެ، ބޯޓުގެ ވެރިފަރާތް އޭޖޭވީޑީ ސިލްވާ 600،000 ރުފިޔާއިން ޖޫރިމަނާކޮށް މިއަދުގެ ދޭއް ޖެހުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ
29 Jun 2026
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.
29 Jun 2026
އެޗްޑީސީން މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީ
އެޗްޑީސީން ވަނީ އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ 13 ބާވަތެއްގެ މައުލޫމާތު އަމިއްލަ އިސްނެގުމުގައި ވެބްސައިޓުގައި އާންމުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކަށް ވެފައެވެ.
29 Jun 2026
އާރްޓީއެލް ފެރީ ހިދުމަތް ރަނގަޅުކުރާނަން
ހަނގުރާމައާއި ފައިސާގެ ދަތިތަކުން އާރްޓީއެލް ފެރީ ޚިދުމަތް ލަސްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.