ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް: ފޮޓޯ/ މަޖިލިސް
ހަބަރު
24 Jul 2024 | 17:02
ފަސްއަހަރު ނިންމާލިއިރު، ފެނަކައަށް ބޭނުންވާވަރަށްވުރެ 3 ގުނަ އިތުރަށް މުވައްޒަފުން ނަގާފައިހުރި: މުހައްމަދު

ނިމިދިޔަ ފަސް އަހަރު ނިންމާލިއިރު، ފެނަކައަށް ބޭނުންވާ ވަރަށްވުރެ ތިން ގުނަ އިތުރަށް މުވައްޒަފުން ނަގާފައިވާ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫސިޓީން ކަރަންޓް ކެނޑޭ މައްސަލަ އާއި ގުޅިގެން ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، އެ މައްސަލައަކީ ވަރަށް ޚައްސާސް މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ، ހައްލުކުރުމަށް ނިމިދޔަ ފަސް އަހަރު އެއްވެސް ކަމެއް ކުރެވިފައި ހުރިތޯވެސް ބަލަންޖެހޭ ކަމަށް އޭނާ ވުދާޅުވިއެވެ. 

ފަސް އަހަރުގެ ތެރޭގައި މި ބޭފުޅުންގެ ބާރާއި އާރު އޮވެ، ކިހާވަރެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ. ކުއްލި މައްސަލައެއް ހުށަހަޅާފައި ރައްޔިތުންނަށް ލައިވް ޓީވީ ތަކުގައި މެންބަރުން ވާހަކަ ދައްކަވާއިރު، މި ފަސްބައިގައި ހުރި ކިލާވެސް ބަލާލަން އެބަޖެހޭ. ކިހާވަރަކަށްތޯ ކިލާ ހޭކިފައި ހުރީ

 ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލް 

މުހައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން އައްޑޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވިއިރުގައި، ތަނުގެ ހާލަތު ފުރަތަމަ ދެނެގަތީ. އެތައް ބިލިއަން ރުފިޔާ އަކުން ދަރާފައި. އެތައް ހާސް މުވައްޒަފުންނެއް، 3000 މުވައްޒަފުން ގޮވައިގެން ހިންގޭނެ ކުންފުންޏަކަށް 9000 މުވައްޒަފުން ލައިގެން. ތަނުގައި މަރާމާތުގެ އެއްވެސް މަސައްކަތެއް މި ހިނގައިދިޔަ 5 އަހަރު ނުކޮށް، އިންގީނެއްގައި އޯވާހޯލް ކުރީކީއެއްނޫން. ސްޕެއާރ އެއް ގަތީކީނޫން. އިސްކޫރެއް ހޯދީކީއެއްނޫން. ނަޓެއް ހޯދީކީނޫން

 ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލް 

މުހައްމަދު އިސްމާޢީލް ވިދާޅުވީ، ނިމިދިޔަ ފަސް އަހަރުގައި ފެނަކައިން ކުރި މަސައްކަތަކީ އެތަނުގެ އިސްވެރިންނާއި ގުޅުންހުރި ފަރާތްތަކަށް އިންޖީނުގެ އަޅަން ހަވާލުކުން ކަމަށާ، އެގޮތުން ފަންސާސް އެއްހާ އިންޖީނުގެ އަޅަން ހަވާލުކުރެވުނު ކަމަށެވެ. އަދި އިންޖީނުގެތަކުން ދެމުންދާ ޚިދުމަތްތައް ނުދީވެސް ކޮރަޕްޝަނުން ވެރިންގެ ޖީބުތައް ފުރުމަށް މަސައްކަތް ކޮށްފައުވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ. 

އެކަން ކޮށްފި. ވަރަށް ފުރިހަމައަށް، ނިޒާމަށް ނާރާ ގޮތަށްވެސް ކޮށްފައި އެބަހުރި. މިއީ ހިތާމަހުރި ކަންކަން

 ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލް 

ކުރީ ސަރުކާރުގައި ފެނަކައިން ވީ އިހުމާލުތައް ރަނގަޅުކޮށް، ކަންކަން ރަނގަޅުކުރަން މި ސަރުކާރުން މަސައްކަތް ކުރަން ފެށުމުން އެއީ ނުކުރާ ކަމެއް ކަމަށް ހެދުމަށް ކުއްލި މައްސަލަތައް ހުށަހަޅައި ވަގުތު ބޭކާރު ކުރަން އިދިކޮޅުން މަސައްކަތް ކުރާ ކަމަށާ، އެއީ ހިތާމަ ހުރި ކަމެއް ކަމަށް މުހައްމަދު ވިދާޅުވިއެވެ. 

ކޮމެންޓް
ވޯޓް ވިއްކި ގަމާރު
މިސަރުކާރުން ވެސް މަޖިލީސް އިންތިހާބާ ދިމާކޮށް މުވައްޒިފުން ނެގި އިތުރު ނުވާތީ ދޯ މުވައްޒަފުން ނަގާނީ.... އހ
25 Jul 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.