މަޖިލީހުގެ ރައީސް އަބްދުއްރޙީމް އަބްދުالله: ފޮޓޯ/ މަޖިލިސް
ހަބަރު
29 Jul 2024 | 09:36
މެންދުރު ނަމާދު ވަގުތަށް މަޖިިލިސް ޖަލްސާ މެދުކަނޑާލަން ގަވާއިދުގައި ހިމަނައިފި

މެންދުރު ނަމާގު ވަގުތަށް ގަޑިއިރަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލަން މަޖިލީސް ގަވާއިދުގައި ހިމަނައިފި އެވެ.

މިކަން ހާމަކުރައްވާފައި ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، އަބްދުއްރޙީމް ވިދާޅުވީ 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލާއިރު މެންދުރު ނަމާދު ވަގުތު ޖަލްސާ ކުރިއަށް ނުގެންދާ ގޮތަށް މިހާރު ގަވާއިދުގައި ހިމަނާފައިވާ ކަމަށެވެ.

މީގެ ކުރިން 12:30 ގައި މެދު ކަނޑާލާގޮތަށް އޮތް އޮތުން 12 ޖަހާއިރު މެދު ކަނޑާލާގޮތަށް ބަދަލުކޮށް 1 ގަޑި އިރުގެ ހުސްވަގުތު ކޮޅަކަށްފަހު އަލުން ޖަލްސާ ފަށާނީ 13:00ގައި ކަމަށްވާނީ ނިންމާފައި.

އަބްދުއްރަޙީމް އަބްދުالله 

މީގެ ކުރިން އަބްދުއްރަހީމް ވަނީ މަޖިލީސް ތަޅުމުގައި ބަންގީގެ އަޑު އިއްވަވަން ވެސް ނިންމަވާ އެކަންވެސް އަމަލީ ގޮތުން ފަށްޓަވާފައެވެ. އެގޮތުން، ނިމިދިޔަ، ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާއިން ފެށިގެން ބަންގީގެ އަޑު މަޖިލީހުގައި އިއްވާފައިވާއިރު، އެވަގުތަށް ޖަލްސާ މެދު ނުކަނޑާތީ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ނަމަވެސް، ނަމާދު ވަގުތަށް މަޖިލިސް މެދުކަނޑާލަން ނިންމެވި ނިންމުމަށް، ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު ވަނީ ތަޢުރީފް ކުރައްވާފައެވެ.

އެގޮތުން އަބްދުއްރަޙީމްގެ ޕޯސްޓަށް ކުރެއްވި ކޮމެންޓެއްގައި ސަމީރު ވިދާޅުވީ، ރައްޔިތުން މަޖްލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވައި، މެންދުރު ނަމާދުގެ ޖަމާޢަތަށް ފުރުސަތު ލިބޭގޮތަށް ނިންމެވި ނިންމެވުމަކީ ތާރީޚީ އަދި ނަމޫނާ ނިންމެވުމެއް ކަމުގައި ދެކެލައްވާ ކަމަށެވެ.

މި ކަމަށްޓަކައި 20 ވަނަ ރައްޔިތުން މަޖްލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުالله އަށް ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. 

މިއީ ނަމާދު ވަގުތަށް އިސްކަންދީގެން މަޖިލީހުގެ ގަވާއިދަށް މިފަދަ ބަދަލެއް ގެނެވުނި ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.