ނ އަތޮޅުގައި ބޭނުން ކުރާ އާރްޓީއެލް ފެރީ
ހަބަރު
30 Jul 2024 | 10:47
ނ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އިއުލާން ކޮށްފި

ނ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އިއުލާން ކޮށްފިއެވެ.

އާރްޓީއެލްގެ ޚިދުމަތް ނ. އަތޮޅުގައި ފެށީ ޖުލައި 25 ވަނަ ދުވަހުގައެވެ. އެ ޚިދުމަތް މިހާރު ދެމުންދަނީ ހިލޭ އެވެ. ނަމަވެސް، މި ފެށޭ އޮގަސްޓް މަހުން ފެށިގެން ޚިދުމަތުން އަގު ނަގަން ފަށާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދަތުރު ކުރާނެ އަގުތައް އިއުލާން ކޮށްފައެވެ. 

އެމްޓީސީސީ އިން ނ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުންކުރަން ނިންމާފައިވަނީ 50 މީހުންގެ ޖާގައިގެ ދެ ފެރީ އެވެ.

ނ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމާ އެކު ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު މިހާރު މިވަނީ ފެރީ ނިޒާމަކުން ގުޅާލެވިފަ އެވެ.

ނ. އަތޮޅާއި ޖެހިގެން އޮތް ރ. އަތޮޅުގައި ކުރިއަށް އޮގަސްޓް މަހު އަދި ރ. އަތޮޅާއި ޖެހިގެން އޮތް ބ. އަތޮޅުގައި މިއަހަރުގެ ސެޕްޓެމްބަރު އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ބ. އަތޮޅާއި ޖެހިގެން އޮތް ޅ. އަތޮޅުގައި މިހާރުވެސް އާރްޓީއެލް ފެރީގެ ހިދުމަތް ދެމުންދެ އެވެ.

 މީގެއިތުރުން ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަށް އަދި އައްޑޫވެސް ވަނީ ފެރީގެ ނިޒާމަކުން ގުޅާލާފަ އެވެ.

ކޮމެންޓް
ސ.
ދުވަހަކުވެސް އދ. އަތޮޅުގެ ރަށްތަކަށް އާރ.ޓީ.އެލް ލޯންޗުފެރީގެ ޚިދުމަތް ފެށޭނެތޯ؟
30 Jul 2024
ދާރާ
އެންމެ އުތުރުން ފަށާފަ ސޯލީހު ނިސްބަތްވާ އަތޮޅަށް އެހެން 3 އަތޮޅެއް ފަސްކޮށްފަ އިސްކުރީ ކޮންފަދަ އިންސާފަކުންތޯޯ.
30 Jul 2024
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.